ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް

2019  ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

          ވީމާ ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން  17 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހު  11:00 ށް  ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 22 ޖެނުއަރީ 2019 ވާ  އަންގާރަ ދުވަހުގެ 11:00 ށް އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރުމަށް ބާއްވާ ބައްދަލު ވުމުގައި މިކަމާ ގުޅޭގޮތުން ހުރިހާ މަޢުލޫމާތެއް ހިއްޞާ ކުރެވޭނެއެވެ.

    މިކަމަށް ހުށައަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި އޮފީހުގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލު ވުމަށް ޙާޟިރުވެވަޑައިނުގެންނެވޭނަމަ ސިޓީ އަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވި ދާނެއެވެ.

          މަޢުލޫމާތު ދިނުމުގެ ބައްދަލުމުމަށް ހާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.

          ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޖަނަވަރީ 2019
ހޯދާ