ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލުން

ނަންބަރު: IUL)196-C/1/2019/3)

އިޢުލާން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލުން

   ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

   ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 2019 ޖަނަވަރީ 22 ވާ އަންގާރަ ދުވަހުގެ 10:00 އަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަޑައިގެން ނީލަމުގައި ބާވެރިވެދެއްވުން އެދެމެވެ.

   ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެތަކެއްޗަށް ފައިސާ ދެއްކެވުމަށްފަހު އެތަކެތި ގެންދަވަންވާނެއެވެ.

   ނީލަންކިޔާ ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ފިޓިންގްސް، އިކުއިޕްމަންޓްސް، ކޮމްޕިއުޓަރު ސާމާނު އަދި މެޝިނަރީ ބައެއްސާމާނާއި، ހިފާގެންގުޅޭ ސާމާނު ހިމެނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 3023157 ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

04 ޖުމާދަލްއޫލާ 1440

10 ޖަނަވަރީ 2019
ހޯދާ