މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

 

މަޤާމް:                    ފައިނޭންސް އޮފިސަރ  

މަޤާމުގެ ނަންބަރު:             J-227507

ބޭނުންވާ ޢަދަދު:              01 (އެކެއް)

މަޤާމުގެ ގިންތި:              ދާއިމީ  

މަޤާމުގެރޭންކް:                MS1   

މަޤާމުގެކްލެސިފިކޭޝަން:         ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/އިދާރާ:  އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ:                   5610.00ރުފިޔާ

ސަރވިސް އެލަވަންސް:          2000.00ރުފިޔާ

އެހެނިހެން އެލަވަންސް: ސަޕޯޓިންގ ކޯއެލަވަންސް: 700.00 ރުފިޔާ 

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:  

  1. އިދާރާއަށް ބަލައިގަންނަންޖެހޭ ފައިސާ ބަލައިގަތުމާއި އެފައިސާއާގުޅޭ ރެކޯޑްތައް ބެލެހެއްޓުމާއި ރިޕޯރޓްތައްހެދުން.

  2. ކައުންސިލްގެ ޢާމްދަނީ އާއި، ސަރުކާރުން ކައުންސިލްހިންގުމަށް ދޭފައިސާއާއި، ސަރުކާރުންހިންގާ މަޝްރޫޢުތަކަށް ޚަރަދުކުރުމަށް ލިބޭފައިސާއާއި، ކައުންސިލްމެދުވެރިކޮށް ސަރުކާރުގެ އިދާރާތަކަށްފޮނުވުމަށް ލިބޭ ފައިސާގެ އެންމެހައި ރެކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.

  3. ކައުންސިލްގެ ޢާމްދަނީ އާއި، ސަރުކާރުން ކައުންސިލްހިންގުމަށް ދޭފައިސާއާއި، ސަރުކާރުންހިންގާ މަޝްރޫޢުތަކަށް ޚަރަދުކުރުމަށް ލިބޭފައިސާއިން ކުރެވޭ ޚަރަދުތަކުގެ އެންމެހައި ރެކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.

  4. ސަރުކާރުގެ އެހެން އިދާރާތަކަށް ފޮނުވުމަށް ލިބޭ ފައިސާ ހަމަޖެހިފައިވާ އުސޫލުން ފޮނުވުމުގެ މަސައްކަތްތައް ކުރުން.

  5. މި އިދާރާ މެދުވެރިކޮށް ބިލްތަކަށް ދައްކަންޖެހޭ ފައިސާ ޙަވާލުކުރުން

  6. ބަޖެޓާގުޅޭގޮތުން މާލިއްޔަތާބެހޭ ޤާނޫނާ ޤަވާއިދުތަކުގެ ދަށުން ހަދަންޖެހޭ ރިޕޯރޓްތައް ހެދުން.

  7. ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ހެދުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

  8. ބަޖެޓުން ނުވަތަ ބަޖެޓް ފައިސާ ޖަމާކުރާ ޚަރަދު1 އެކައުންޓުން ފައިސާ ޚަރަދުކުރުމާއި، ބިލްތަކަށް ފައިސާ ޙަވާލުކުރުމާއިބެހޭ އެންމެހައި ކަންތައްތައް ކުރުން.

  9. އިދާރާގެ ރެވެނިއު1 އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ފައިސާ ޚަރަދުކުރުމާއި، ބިލްތަކަށް ފައިސާ ޙަވާލުކުރުމާއިބެހޭ އެންމެހައި ކަންތައްތައް ކުރުން.

  10. ޚަރަދު2 އެކައުންޓުން ފައިސާ ޚަރަދުކުރުމާއި، ބިލްތަކަށް ފައިސާ ޙަވާލުކުރުމާއިބެހޭ އެންމެހައި ކަންތައްތައް ކުރުން.

  11. އިދާރާގެ ރެވެނިއު 2 އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ފައިސާ ޚަރަދުކުރުމާއި، ބިލްތަކަށް ފައިސާ ޙަވާލުކުރުމާއިބެހޭ އެންމެހައި ކަންތައްތައް ކުރުން.

  12. ރެވެނިއު 2 ން ފައިސާ ޓްރާސްފަކުރަންޖެހޭ އިދާރާތަކަށް މަހުން މަހަށް ފައިސާ ޓްރާންސްފަކުރުން.

  13. މުވައްޒަފުންނަށް މުސާރަދޫކުރުމާއި ގުޅޭ އެންމެހައި ކަންކަން ކުރުން.

  14. ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

  15. ޙަވާލުކުރެވިފައިވާ މަސައްކަތަކާގުޅިގެން ފުރިހަމަކުރަންޖެހޭ ރެކޯޑްތައް ފުރިހަމަކުރުމާއި ހަދަންޖެހޭ ރިޕޯރޓްތައް ހެދުމާއި، ފޮނުވަންޖެހޭ ތަންތަނަށް ރިޕޯރޓްތައް ފޮނުވުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

  16. އަލިފުށީ ކައުންސިލުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތައް ތަކުން ލިބޭ ފައިސާ މަހުން މަހަށް ރިޕޯރޓްތައް ހެދުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

  17. އަލިފުށީ ކައުންސިލުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތައް ތަކަށް ކުރާ ހަރަދު މަހުން މަހަށް ރިޕޯރޓްތައް ހެދުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

  18. ކައުންސިލުގެ ބޭނުމަށް ހަދަންޖެހޭ ފައިސާއާއި ގުޅޭ އެންމެހާއި ރިޕޯޓްތައް ތައްޔާކުރުމާއި ހުށައަޅައިދިނުން.

  19. ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ކައުންސިލްގެ ލަފާގެމަތީން އެމަސައްކަތްތައްކުރުން.

  20. ތަރައްގީގެ ޕްލޭނާގުޅިގެން ހަދަނަޖެހޭ ފައިނޭންސިއަލް ޕްލޭންހެދުން.

 

 

 

 

 

 

މަޤާމުގެ ޝަރުތުތައް

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:  

1 ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ، މިކައުންސިލްގެ ކައުންޓަރުން) ލިބެންހުންނާނެއެވެ.

2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު: (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4 ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒިފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކަކުން ދޫކޮއްފައިވާ   ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި   ފެންވަރެއްގައި ޤަބޫލްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮއްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ،  

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ،                       

7. ސިވިލް ސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ        

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ :                                                        

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން.                                                                                  

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ  ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.                                                                                                                           

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ތައުލީމީފެންވަރު، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބެލޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މިމަޤާމަށް އެދި ހުށަހަޅަންޖެހޭ އެންމެހާތަކެތި ހުށައަޅާނީ 22 ޖަނަވަރީ 2019 ވަނަ ދުވަހުގެ 14:00 ގެކުރިން އަލިފުށީކައުންސިލްގެއިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް alifusheeoffice@gmail.com ށް ފޮނުވުމުންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 ޖަނަވަރީ 2019 އާއި 31 ޖަނަވަރީ 2019 އާ ދެމެދު، އަލިފުށީ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ޝަރުޠުފުރިހަމަވާ ހުރިހާފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.

 

        މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ މިއިދާރާގެ ފޯނު ނަންބަރު 6580021 އަށެވެ.

04 ޖުމާދަލްއޫލާ 1440

10 ޖަނަވަރީ 2019

 

10 ޖަނަވަރީ 2019
ހޯދާ