މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރާ ސައިޓުތަކުގައި ޤާނޫނާއި ގަވާއިދާއި އެއްގޮތަށް އަދި ރައްކާތެރިކަމާއެކު މަސައްކަތް ކުރިއަށް ގެންދިއުމާއި ގުޅޭ

މާލޭގައި ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންގެންދަނީޢިމާރާތްކުރުމުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންކަން ކަށަވަރުކުރުމަށް، މިމިނިސްޓްރީއިން ކުރިއަށްގެންދާ އިންސްޕެކްޝަން ތަކުން، ބައެއް ސައިޓުތަކުގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނީ ހެދިފައިވާ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން ނޫންކަން ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން ޢިމާރާތްކުރުމާއި ގުޅޭގޮތުން ހެދިފައިވާޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރުމަށާއި މިފަދައިން ޢަމަލު ނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

  އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.            

                    5 ޖުމާދުލްއާޙިރް 1440 ހ.

10 ޖަނަވަރީ 2019
ހޯދާ