ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ކެމެރާ ހަރުކުރުން

ނަންބަރ:(IUL)GZS/2019/9

 

ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

 

މި ސްކޫލްގައި ސެކިއުރިޓީ ކެމެރާ ހަރުކުރަން ބޭނުންވެގެން ކުރެވުނު (IUL)GZS/2018/42 އިޢުލާނަށް ބިޑް ހުށައަޅުއްވި ފަރާތްތަކުގެ ބިޑްތަށް ފުރިހަމަވެފައި ނުވާތީ އެ އިޢުލާނު ބާތިލް ކުރުމަށް ފަހު އަލުން އިޢުލާނު ކުރީމެވެ.

މި ސްކޫލްގައި ސެކިއުރިޓީ ކެމެރާ އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުމާލަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު މި ސްކޫލަށް ބިޑް ހުށައެޅުއްވުން އެދެމެވެ. ބިޑް ބަލައިގަތުން އޮންނާނީ މި ސްކޫލްގެ މީޓިންގ ރޫމްގައިއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3350744 ނަންބަރު ފޯނާއެވެ.

#

 ތަފުސީލު

ތާރީޚު

ގަޑި

1

 މަޢުލޫމާތު ސާފުކުރުން

16 ޖެނުއަރީ 2019 (ބުދަ)

ހެނދުނު 11:00

2

 އަންދާސީ ހިސާބު ހުށަހެޅުން

21 ޖެނުއަރީ 2019 (ހޯމަ)

ހެނދުނު 11:00

10 ޖެނުއަރީ 2019

10 ޖަނަވަރީ 2019
ހޯދާ