މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕު ޑުރައިވަރުގެ މަޤާމަށް މީހަކު ހޯދުން

އިޢުލާން

މިއިދާރާގެ ނަންބަރު (IUL)305-CA305/305/2018/137 (18 ޑިސެމްބަރ 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައިނުވާތީ، އެއިޢުލާނު ބާތިލްކޮށް އަލުން އެމަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމް

ޑްރައިވަރ

ބޭނުންވާ ޢަދަދު  

01 (އެކެއް)

މަޤާމުގެ ބާވަތް

ދާއިމީ (ކައުންސިލްގެ ދާއިމީ)

މަޤާމްގެ ރޭންކް

އެސް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިޕާޓްމަންޓް/ސެކްޝަން/ ޔުނިޓު:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓު

މަޤާމް އޮތް އޮފީސް/އިދާރާ:  

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

މަސައްކަތް ކުރަންޖެހޭ ވަގުތު

08 (އަށެއް) ގަޑިއިރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރ. މާކުރަތު ވޭސްޓްމެނޭޖްމަންޓް ސެންޓަރ / ރ.މާކުރަތު ކައުންސިލްގެ އިދާރާ

މުސާރަ

މަހަކު 3470.00 (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

ސަރވިސް އެލަވަން:

މަހަކު 1000.00 (އެއްހާސް ރުފިޔާ)

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓިރިބުޝަން.
  3. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ފައިސާ   
  5. ހަމަޖެހިފައިވާ އުސޫލުން ޙާޟިރީ އެލަވަންސް ފައިސާ
  6. ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހުގެ އެލަވަންސް ފައިސާ

މަޤާމުގެ ޝަރުޠުތައް:

  1. މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މުނިސިޕަލް މަސައްކަތަށް ބޭނުންކުރާ ޕިކަޕް ދުއްވުން
  2. ކައުންސިލްގެ ޕިކަޕް ބެލެހެއްޓުމާއި އޮޕަރޭޓްކުރުމާބެހޭ ކަންކަން ކުރުން.
  3. ޕިކަޕް ދުއްވަންޖެހޭ ހުރިހާ ވަގުތެއްގައި ގަވާއިދުން ޕިކަޕް ދުއްވުން.
  4. ޕިކަޕުން ތެޔޮ ހުސްވިޔަނުދީ ގަވާއިދުން ތެޔޮ އެޅުން.
  5. ކައުންސިލުން ކަންޑައަޅާ ހަމަޖައްސާ އުސޫލުތަކާ އެއްގޮތަށް ރަށުތެރެއާއި ގޭގެއިން ކުނި ނަގާ ކުނިކޮށްޓަށް އުފުލަން ކުރަންޖެހޭ ދަތުރުތައް ކުރުން.
  6. ޕިކަޕުގައި ކުރެވޭ ދަތުރުތަކުގެ ތަފްޞީލް، ފޮތުގައި ލިޔެ ބެލެހެއްޓުން
  7. ކުނިނެގުމުގެ އިތުރަށް ޕިކަޕުގައި ކުރަންޖެހޭ ދަތުރުތައް ކުރުން.
  8. ޕިކަޕަށް ބޭނުންވާ އަޑީތެލާއި، ޑީސަލާއި، ފިލްޓަރުތަކާއި، ކިޓުކުރާ ސާމާނާއި އަދި މިނޫނަސް ޕިކަޕަށް ހޯދަންޖެހޭ ހުރިހާ އެއްޗެއް ހުސްވުމުގެ ކުރިން ހޯދުމަށް ކައުންސިލްގެ އިދާރާއަށް ރިޕޯޓު ކުރުން.
  9. ޕިކަޕް ދޮވެސާފުކޮށް ބެލެހެއްޓުން.
  10. ޕިކަޕް ކަނޑައެޅިފައިވާ ޝެޑިއުލްތަކާއި އެއްގޮތްވާ ގޮތުގެ މަތީން ސަރވިސްކޮށް ބެލެހެއްޓުން.
  11. ޕިކަޕަށް މުދާއަރުވާ ބޭލުމާއި އެފަދަތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.
  12. ޕިކަޕަށް މުދާ އަރުވާ ބޭލުމުގައި އުޅަނދަށް ލިބިދާނެ ގެއްލުމަކަށް ސަމާލުކަން ދީގެން މަސައްކަތް ކުރުވުން
  13. ކުނިކޮށްޓަށް ގެންދަންޖެހޭ ތަކެތި ގެންދިއުން، ކުނިކޮށިން ބަނދަރަށް ނެރެންޖެހޭ ތަކެތި ނެރުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
  14. ޕިކަޕަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކައުންސިލުގެ ލަފާގެ މަތިން ކުރުން.
  15. ޕިކަޕްގެ އަހަރީ ފީއާއި ރޯޑުވާދިނަސް މުއްދަތު ހަމަވުމުގެ ކުރީގައި އައުކުރުމަށްޓަކައި އެކަން ކައުންސިލްގެ އިދާރާއަށް ރިޕޯޓް ކުރުން.
  16. މަދުވެގެން ކޮންމެ މަހަކު 1 ފަހަރު (މަހުގެ މަސައްކަތް އެންމެފަހު ހަފުތާ ތެރޭގައި) ޕިކަޕުގެ ކިޓުކުރަންޖެހޭ ބައިތައް ކިޓުކުރުމާއި، ވެކިއުމްކޮށް ސާފުކުރަންޖެހޭ ބައިތައް ސާފުކުރުމާއި އަދި ތެޔޮލާ ބަލަހައްޓަންޖެހޭ ބައިތަކުގައި ތެޔޮލާ ބެލެހެއްޓުން.
  17. ޕިކަޕް ބާއްވާތަން ކުނިކަހާ ސާފުކުރުމާއި މީގެ އިތުރުންވެސް ކައުންސިލްގެ އިދާރާއިން އެއްތަނުން އަނެއްތަނަށް ތަކެތި އުފުލުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
  18. މަސައްކަތާއި ގުޅޭގޮތުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުމާއި، ދަތުރުތައް ކުރުން.
  19. ކައުންސިލް އިދާރާގެ މުވައްޒަފުން ހުރިހާ މުވައްޒަފުން ޝާމިލުވާގޮތަށް ކުރެވޭ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. އިންޓަވިއު
  4. ވަޒީފާއާ ގުޅުންހުރި ދާއިރާތަކުން ޙާސިލްކޮށްފައިވާ ސެޓްފިކެޓްތަކެއް ކަމުގައިވުން.
  5. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
  6. ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައި ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުގޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަކަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

-          ވަޒީފާއަށް އެދޭ ފޯމު ރ. މާކުރަތު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ. އަދ އިދާރާގެ ވެބްސައިޓު www.mci.gov.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ.

-          މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރ. މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ.

-އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

-          މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 ޖެނުއަރީ 2019 އާއި 27 ޖެނުއަރީ 2019 އާ ދެމެދު، ރ.މާކުރަތު ކައުންސިލްގެ އިދާރާ ގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓު ލިސްޓް ކުރުން

-          މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

- ތަޢުލީމާއި ތަމްރީނު %26

- މަސައްކަތުގެ ތަޖުރިބާ %26

- ލިބިފައިވާ ހުނަރު %48

- ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕްއިންޓުގެ ޖުމުލަ އިންސައްތަ، %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ގުޅާނީ 6580015 ނަންބަރު ފޯނާއެވެ.

ނޯޓު

- މިއީ މިއިދާރާގެ ސިވިލްސަރވިސް މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މަޤާމެއް ނޫނެވެ. ނަމަވެސް މި މަޤާމުގައި މުވައްޒަފުން ގެންގުޅޭނީ ސިވިލް ސަރވިސް ޤަވާއިދު 2014 ގެ ޗެޕްޓަރ 9 ގައިވާ ވަގުތީ މުވައްޒަފުން ގެންގުޅުމަށް ހަމަޖެހިފައިވާ އުސޫލުންނެވެ.

- މި މަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރައްވަން ޖެހޭނީ ހަފުތާއަކު 06 ދުވަހު ރ. މާކުރަތު ކައުންސިލުން ހަމަޖައްސަވާ ގަޑިތަކެއްގައި ދުވާލަކު 08 (އަށެއް) ގަޑިއިރުއެވެ.

- މި މަޤާމުގެ މުވައްޒަފުންނަށް ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީ ދިނުމަށް ހަމަޖެހިފައިވަނީ 12 މަސް ދުވަހަށް 30 ސަލާމް އަދި 12 މަސްދުވަހަށް 10 އާއިލީ ޒިންމާގެ ޗުއްޓީއެވެ.

- މި މަޤާމަށް ހޮވޭ ފަރާތްތައް ޕެންޝަން ސްކީމްގައި ރަޖިސްޓްރީ ކުރެވި މުވައްޒަފުންގެ މުސާރައިން %7 ކައުންސިލްގެ އިދާރާއިން %7 ޖުމްލަ އަށްވާ ފައިސާ ޕެންޝަނަށް ފަންޑަށް ޖަމާކުރެވޭނެއެވެ.

- މި އިޢުލާނު ރ.މާކުރަތު ކައުންސިލްގެ އިދާރާގެ ވެބްސައިޓް www.mci.gov.mv ބެލެން ހުންނާނެއެވެ. 

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

10 ޖަނަވަރީ 2019
ހޯދާ