ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން:

މިއިދާރާއާއި މިއިދާރާގެ ބެލުމުގެ ދަށުން ހިންގާ މިދަންނަވާ ތަންތަނުގެ 2018 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

  1. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ
  2. ނިލަންދޫ ރައްޔިތުންގެ ތެއު ސެންޓަރު
  3. ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރަ

 

ވީމާ މިކަމަށް ޝައުޤުވެރިވާ އޮޑިޓް ފާމުތަކުން 2019 ޖަނަވަރީ 27 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނިލަންދޫ ކައުންސިލާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން އޮޑިޓް ކޮށްދިނުން އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  6740016 އަށް ކަމުގައި ދަންނަވަމެވެ.

 

06 ޖަނަވަރީ 2019
ހޯދާ