މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިމިނިސްޓްރީއަށް އެގްޒެކްޓިވް ޓޭބަލް، އެގްޒެކްޓިވް ގޮނޑި، ބުކްސެލްފްގަތުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                                                          ނަމްބަރ: IUL-10-F/10/2019/02

އިޢުލާން

މި މިނިސްޓްރީއަށް ބޭނުންވާ ފަރުނީޗަރ ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަމްބަރ IUL10-F/10/2018/113 (19 ޑިސެންބަރު 2018) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމަށް ދައްކާތީ އަލުން އެ އިޢުލާން ބާތިލްކޮށް އަލުން އެ ތަކެތި ހޯދުމަށް އިޢުލާން ކުރަމެވެ.

  • 10 އެގްޒެކްޓިވް ޓޭބަލް  
  • 5 އެގްޒެކްޓިވް ގޮނޑި (ހައިބެކް)
  • 7 އެގްޒެކްޓިވް ގޮނޑި (މީޑިއަމް ބެކް)
  • 12 ބުކް ސެލްފް

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖަނަވަރީ 2019 ވާ  ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏04 ޖުމަދަލްއޫލާ 1440

10 ޖަނަވަރީ  2019

 

10 ޖަނަވަރީ 2019
ހޯދާ