މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މަސައްކަތް

ބިޒްނަސް ކޮންވެންޝަން އިންތިޒާމްކުރުމުގައި އެހީތެރިވެދޭނެ އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމާގުޅޭ

މިމިނިސްޓްރީން އިންތިޒާމްކޮށްގެން، ވިޔަފާރިވެރިންނަށް އަމާޒުކޮށް، 27-26 ފެބްރުއަރީ 2019 އަށް، ބިޒްނަސް ކޮންވެންޝަނެއް ބޭއްވުމަށް ޤަޞްދުކުރަމެވެ. މިކޮންވެންޝަންގެ އިންތިޒާމްތައް ހަމަޖެއްސުމަށް ޝައުޤުވެރިވާ އިވެންޓް މެނޭޖްކުރާ ފަރާތްތަކުން އަންދާޒީ ހިސާބު ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.

ހުށަހެޅުއްވުންތަކުގައި، އަގުގެ ތަފްޞީލާއި އެކު ހިމަނަންޖެހޭ ބައިތައް، އަދި މި ކޮންވެންޝަނާބެހޭ އިތުރު މަޢުލޫމާތު، މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ.

މިއިޢްލާނާއި ގުޅިގެން، އަންދާޒީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ، 17 ޖެނުއަރީ 2019 ގެ މެންދުރު 12.00 އެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

09 ޖަނަވަރީ 2019
ހޯދާ