އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ނަންބަރު:

J- 249874

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިދާރީ

މަޤާމް އޮތް އޮފީސް:

ލ. އިސްދޫ ކަލައިދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ލ. އިސްދޫ ކަލައިދޫ ސްކޫލް

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

 

 

 

1-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

2-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.     

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ސްކޫލަށް ލިޔެކިޔުމުގެ ގޮތުގައިލިބޭ އެންމެހާތަކެތި އެންޓްރީކޮށް ދުވަހުން ދުވަހަށް އިސްވެރިޔާއަށް ހުށައެޅުން

2-      އެންޓްރީކުރެވިފައިވާތަކެތީގެ އަސްލާއި ކޮޕީތައް އެހަވާލުކުރައްވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން.

3-      ދަރިވަރުންގެ ރަޖިސްޓްރީއާއި ގުޅޭގޮތުން ކުރައްވަންޖެހޭ އެންމެހާމަސައްކަތްކުރުން އަދި ދަރިވަރުން ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

4-      ސްކޫލްގެ ބެލެނިވެރިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

5-      ސްކޫލްގެ އިންވެންޓުރީ އަޕްޑޭޓުކޮށް ބެލެހެއްޓުން

6-      ސުކޫލުގެ ސްޓޮކް ބެލެހެއްޓުން

7-      މުވައްޒަފުންގެ ޕާސަނަލް ފައިލް ތައްޔާރުކޮށް ގަވައިދުން އަޕްޑޭޓުކޮށް ބެލެހެއްޓުން

8-      ދަރިވަރުންގެ ޕާސަނަލް ފައިތައް އަޕްޑޭޓްކޮށް ބެލެހެއްޓުން

9-      ސްކޫލްގެ ޔައުމިއްޔާ އާއި އިދާރީ މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުންދުވަހަށްލިޔެ ތައްޔާރުކޮށް ފައިލްކުރުން

10-  ސްކޫލްބޯޑްގެ ލިޔެކިޔުންތައް ބެލެހެއްޓުން

11-  ސްކޫލުން ގެޔަށްފޮނުވޭ ދަރިވަރުންގެ ލިޔެކިޔުންތަކާއި އެދަރިވަރުންގެ ގެޔަށްފޮނުވުމާއި ގުޅޭގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރުން

12-  މުވައްޒަފުންގެ ބައްދަލުވުންތަކަށް ދަންނަވާ ނޯޓް ތައްޔާރުކުރުން

13-  ސްކޫލުގެ ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން

14-  އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠުތައް:

1-      އެޑްމިނިސްޓްރޭޝަން / ހިޔުމަން ރިސޯސް މެނޭޖުމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ހިޔުމަން ރިސޯސް މެނޭޖުމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން،  

  ނުވަތަ

2-      ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

  • - ތަޢުލީމާއި ތަމްރީނު
  • - މަސައްކަތުގެ ތަޖުރިބާ
  • - އިންޓަރވިއު  

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1-      ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގާއިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމެތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް   ނުވަތަ ކޯސް ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.  

     (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  

6-      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް  ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރައިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް އިސްދޫ ކަލައިދޫ ސުކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ލ. އިސްދޫ ކަލައިދޫ ސްކޫލަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

 

 

ވަޒީފާއަށް/ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 17 ޖަނަވަރީ 2019 އައި 20 ޖަނަވަރީ 2019 އާ ދެމެދުގައި އިސްދޫ ކަލައިދޫ ސުކޫލުގައި އޮންނާނެއެވެ.

އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމުލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އިސްދޫ ކަލައިދޫ ސްކޫލްގެ ނަންބަރު 6800743 ފޯނަށް ގުޅުއްވުން އެދެމެވެ. 

                               9 ޖަނަވަރީ 2019

09 ޖަނަވަރީ 2019
ހޯދާ