މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                              ނަންބަރު:    IUL)MMPRC/1/2019/1) 

 

 

އިޢުލާން

 

               2019 ވަނަ އަހަރުގެ މާރިޗު މަހުގެ 06 ން 10 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި، ރާއްޖޭގެ ސްޓޭންޑްގައާއި އަދި މޯލްޑިވިއަން ނައިޓްގައި ލައިވް މިއުޒިކް ކުޅެދޭނެ ފަރާތެއް ބޭނުންވެއެވެ. ބިޑު ކާމިޔާބުކުރާ ފަރާތަށް، ދެކޮޅު ޓިކެޓާއާއި، ބާލިންގައި ހުރުމާއި އަދި ޕޮކެޓްމަނީ މި ކޯޕަރޭޝަނުން ފޯރުކޮށްދޭނެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޖަނަވަރީ 14 ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް، މަޖީދީމަގުގައި ހުންނަ މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖަނަވަރީ 21 ހޯމަ ދުވަހުގެ 10.30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއެވެ.

 

02 ޖުމާދަލްއޫލާ 1440

08 ޖަނަވަރީ 2019

 

08 ޖަނަވަރީ 2019
ހޯދާ