މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯފެން އަޅާ ހަން ފޯރުކޮށްދިނުން

ބޯފެންއަޅާ ކަޅުހަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

                  މިއަތޮޅުގެ ރަށްރަށަށް މިކައުންސިލުން ފޯރުކޮށްދިނުމަށް ބޭނުންވާ ސާފުބޯފެން އަޅާ 2000ލިޓަރގެ 84 ކަޅުހަން ފޯރުކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއަދަދަށް ކަޅުހަންގަނެ މިއަތޮޅުގެ ރަށްރަށަށް ޑެލިވަރކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 14 ޖެނުއަރީ 2019ވާ ހޯމަދުވަހުގެ 11:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން މައުލޫމާތުސާފުކުރެއްވުމަށްފަހު 22 ޖެނުއަރީ 2019ވާ އަންގާރަދުވަހުގެ 11:00ގައި މިއިދާރާއަށް ވަޑައިގެން ބަންދުކުރި ސިޓީއުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7764902 ނުވަތަ 6720600 އާއިއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖަނަވަރީ 2019
ހޯދާ