އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ފްލައިޓް ޑިލޭވުމާއި ގުޅިގެންޕެސެންޖަރުންގެ އެކޮމޮޑޭޝަން އަދި ޓްރާންސްފަރ ހުޅުމާލެއިން ހަމަޖައްސަދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ މަތިންދާބޯޓު ދަތުރުތައް ޑިލޭ ވުމާއިގުޅިގެން ޕެސެންޖަރުންގެ އެކޮމޮޑޭޝަން އަދި ޓްރާންސްފަރ ހުޅުމާލެއިން ހަމަޖައްސަދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.  

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން  13 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 20 ޖަނަވަރީ 2019  ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

07 ޖަނަވަރީ 2019
ހޯދާ