މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަބާ ޕްރޮޖެކްޓް – އެކްސްޓަރނަލް އޮޑިޓް- 2018

 

ސަބާ ޕްރޮޖެކްޓް – އެކްސްޓަރނަލް އޮޑިޓް- 2018

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛްކުރެވެމުންދާ "ސްޓްރެންތެނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) "ގެ 2018 ވަނަ އަހަރުގެ އެކްސްޓަރނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އާންމުކޮށް އިޢުލާނު ކުރަމެވެ.

ވިމާ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސެޝަން އަށް 13 ޖަނަވަރީ 2019 ވާ އާދީއްތަ  ދުވަހުގެ 10:00 އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯ ކޮންފަރެންސް ރޫމް އަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަން ބަލައިގަނެވޭނީ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން އެކަންޏެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 17 ޖަނަވަރީ 2019ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯ ކޮންފަރެންސް ރޫމްގައެވެ. އަދި 11:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003019 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

06 ޖަނަވަރީ 2019
ހޯދާ