ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ސިޔާސީ ސަބަބަކަށްޓަކައި ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންގެ ޝަކުވާ ހުށަހެޅެމުގެ މުއްދަތު އިތުރުކުރުން

ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ނުޙައްޤުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު މި އޮފީހުގެ ނަންބަރު (IUL)1-CBO (CS)/1/2018/55 އިޢުލާނުން 3 ޑިސެންބަރު 2018 އިން ފެށިގެން  30 (ތިރީސް) ދުވަހުގެ މުއްދަތަކަށް ހުޅުވާލާފައިވާއިރު، މި މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދިލައްވަމުންގެންދަވާތީ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިތުރުކުރައްވައިފިއެވެ.

ޝަކުވާ ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް  https://presidency.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެއްވެންވެސް ހުންނާނެއެވެ.

27 ރަބީޢުލްއާޙިރު 1440

03 ޖަނަވަރީ 2019
ހޯދާ