މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

މީޑިއަރ އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

މުސާރަ:

ފެށޭ މުސާރަ -/7,000 ރ  (ޕްރޮބޭޝަން 3 މަސް ދުވަސް ހަމަވުމުން -/8,000 ރ)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެސޯސިއޭޝަންގެ ހުރިހާ މީސް މީޑިއާއެއް އަޕްޑޭކޮށް ބެހެއްޓުން.
  2. އޮފީހަށް ބޭނުންވާ ގްރެފިކްސް މަސައްކަތްތައް ތައްޔާރުކުރުން.
  3. މަސައްކަތުގެ ގޮތުން ފައިލް ކުރަންޖެހޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  4. މުބާރާތްތަކުގައި އަމަލީ ގޮތުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިވެދިނުން.
  5. އޮފީހުން ޙަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ކޮމްޕިއުޓަރ ބޭސިކް، މައިކްރޯސޮފްޓް އޮފީސް، ކޮރަލްޑްރޯ އަދި ފޮޓޯޝޮޕް ބޭނުން ކުރަން އެނގުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ މިންވަރު.
  2. މައިކްރޮސޮފް އޮފީސް، ކޮރަލްޑްރޯ އަދި ފޮޓޯޝޮޕް ބޭނުންކުރަން ދަންނަ މިންވަރު.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ  ހީވާގި މީހެއް ކަމުގައިވުން.
  4. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  5. މުޢާމަލާތުކުރުމުގެ ހުނަރު ހުރުން، އެހެންމީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
  6. ޓީމެއްގެގޮތުގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  7. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާ ކެތްތެރިކަމާއެކު ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭނީ މިއެސޯސިއޭޝަންގެ ރައީސްއަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީއަކުންނެވެ.

ސިޓީ ހުށަހަޅާނީ  8 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން، ހ.ބޯޅަގެ، އަބަދަށްއުފާމަގު އަށެވެ. ވަޒީފާއަށް އެދި ލާ ސިޓީ އާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ.

އިތުރު މަޢުލޫމާތު ހޯދުން: 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3314024 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

03 ޖަނަވަރީ 2019
ހޯދާ