މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ ވަޒީފާގެ ފުރުޞަތު

  • މަޤާމު:        އެކައުންޓްސް އޮފިސަރ
  • މަޤާމު ނަންބަރު:  J-295932
  • ބޭނުންވާ ޢަދަދު:  01
  • މަޤާމުގެ ގިންތި :  ދާއިމީ
  • މަޤާމުގެ ރޭންކް:  އެމް.އެސް 1
  • ކްލެސިފިކޭޝަން:   ޓެކްނިކަލް އޮފިސަރ ގްރޭޑް1
  • ވަޒީފާ އަދާކުރަންޖެހޭތަން:  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ/ ބ. އޭދަފުށި  
  • މުސާރަ:             5610.00 ރުފިޔާ
  • ސަރވިސް އެލަވަންސް:    2000.00 ރުފިޔާ
  • ސަޕޯޓިންގ ކޯ އެލަވަންސް2: 700.00 ރުފިޔާ
  • އެހެނިހެން އެލަވަންސްތައް:
  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރިވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އަދި ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް.

1-      ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީއެހީ ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.

2-      ސަރުކާރުގެ މިނިސްޓްރީތަކާއި، އެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން އެމިނިސްޓްރީތަކާއި، އޮފީސްތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް އެ އިދާރާއެއްގައި ދޭން ކަނޑައަޅާ ޚިދުމަތެއްދިނުން.

3-      އިދާރީ ދާއިރާގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުންދިނުން.

4-      ސަރުކާރުގެ އެކިފަރާތްތަކުންނާއި، އަމިއްލަ ފަރާތްތަކުން އަތޮޅުކައުންސިލްގެ އިދާރާއަށް ދައްކާ ފައިސާއާއި، ޗެކް ބަލައިގަތުމާއި، އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާއާއި، ޗެކް ޙަވާލުކުރުމާއިބެހޭ އެންމެހައި ލިޔުންތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ( ޤާނޫނު ނަންބަރ:3/2006 ) އާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުމާއި ޤަވާޢިދުން ފޮނުވަންޖެހޭ ރިޕޯޓްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

5-      ސަރުކާރުގެ އެކި ފަރާތްތަކުންނާއި، އަމިއްލަ އެކިފަރާތްތަކަށް ދޫކުރައްވާ ތަކެތީގެ ތެރެއިން އަތޮޅު ކައުންސިލްގެ އިދާރާއަށް ފައިސާދައްކާގޮތަށް ހަމަޖެހިފައިވާ ތަކެއްޗާއި، ތަންތަނަށް ދައްކާ ފައިސާ ބަލައިގަތުމާއި، މިފަދަ ފައިސާ ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޤަވާޢިދުން ބަލަހައްޓަންޖެހޭ ލިޔެކިޔުމާއި ، ހިސާބުތައް ބެލެހެއްޓުން.

6-      އަތޮޅުކައުންސިލް އިދާރާގައި ރައްކާކޮށް ބަލަހައްޓަންޖެހޭ  ހުރިހާ ފައިސާއެއް ޤަވާއިދުން ބަލަހައްޓާ ފޮނުވަންޖެހޭރިޕޯޓްތައް ޤަވާއިދުން ފޮނުވުން.

7-       މީގެ އިތުރުންވެސް އިދާރާއިން ޙަވާލުކުރާ އިދާރާގެ މަސައްކަތްކުރުން.

މަޤާމުގެ ޝަރުތު.

އެކައުންޓިންގ ނުވަތަ ފައިނޭންސްއާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް.

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް ( މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި،  މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ  އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް  ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައޅާފައިވާ ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު  ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ.

 (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު/ ޕްރެޒެންޓޭޝަން/ ޕްރެކްޓިސްއަށް ބަލައިގެން.

ރ. މަސައްކަތުގެ ދާއިރާ އާއިގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި.

މަޤާމަށް އެދި  ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖެނުއަރީ 2019 ވަނަ ދުވަހުގެ 14.00 ގެކުރިން މާޅޮސްމަޑުލު  ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.  އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައޅާ ދުވަހުގެ ޢަދަދަށް  ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

 

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 14 ޖެނުއަރީ 2019  އިން ފެށިގެން  23 ޖެނުއަރީ 2019 އާއި ދެމެދުގެ ދުވަހެއްގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

ޝޯޓްލިސްޓްކުރުން:

މިވަޒީފާއަށް އެދިހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

            މި އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6608300 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

02 ޖަނަވަރީ 2019
ހޯދާ