ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން ކިޔެއުމުގެ ރަށު މުބާރާތާއި ބެހޭ

ރަށު ފެންވަރުގައި ބޭއްވޭ ޤްރުއާން މުބާރާތް، 15، 16 ފެބްރުއަރީ 2019 މިދެދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 15 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެދަރިވަރަކު ބައިވެރިވާ ސްކޫލް ނުވަތަ ޤުރުއާން ކްލާސް މެދުވެރިކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ޤްރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު 08:00 ން 14:00 ށް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

02 ޖަނަވަރީ 2019
ހޯދާ