ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެލެނިވެރިންގެހިޔާ އެޅުން

އިޢުލާން

                                                                                               ނަންބަރ: 421/IUL/2018/40

 

 

ބެލެނިވެރިންގެހިޔާ އެޅުން

 

        ޖަމާލުއްދީން ސްކޫލް ކުރިމަތީގައިއޮތް ހުސްބިމުގައި ބެލެނިވެރިންގެ ހިޔާ ގެނަމުގައި އިމާރާތެއް އެޅުމަށް ކުރި މިއިދާރާގެ ނަންބަރ: 421/IUL/2018/33 ( 25 އޮކްޓޯބަރ 2018 ) ގެ އިޢުލާން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ލަފާގެމަތިން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވީމާ،މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވުން

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން

09 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ 11:00 އަށް

13 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް

 

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުންނާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                  

            31 ޑިސެމްބަރ 2018

 

 

 

                                                 ޢަބްދުﷲ ރުޝްދީ

                                                ކައުންސިލް މެމްބަރ

31 ޑިސެންބަރު 2018
ހޯދާ