މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ

އިޢުލާން

 

      މޯލްޑިވްސް ޗެސް އެސޯސިއޭޝަން ގެ އައު އަސާސީ ޤަވާއިދުގެ ދަށުން ބޭއްވޭ ފުރަތަމަ އިންތިޙާބް 10 ޖެނުއަރީ 2019 ގައި ބޭވުމަށް ކަންޑައަޅާފައިވާކަން އަންގާ އިއުލާން ކުރަމެވެ.

އައު އަސާސީ ގަވައިދުގެ ދަށުން ވޯޓް ލުމުގެ ހައްގު ލިބިފައިވާ ކްލަބްތައް އެންމެހާ މެމްބަރުންގެ މައުލޫމާތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ކްލަބް ގާމަގު
  2. ޑީއެކްސް ސްޕޯރޓްސް ކްލަބް
  3. ކްލަބް ޗެކްމޭޓް
  4. ކްލަބް ޗެސްމޭޓް
  5. ކާސަލް ޗެސް ކްލަބް އެންޑް އެކެޑަމީ
  6. ހުޅުމާލެ ޗެސް ކްލަން
  7. ކްލަބް ސްޓޯން ވޯލް
  8. ކްލަބް ޑަބަލް އެއިޓް

     ވީމާ، ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތި ލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 3 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން

މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ އިދާރާއަށް ފޯރމް ހުށައެޅުމަށް ދަންނަވަމެވެ. އަދި އެއެސޯސިއޭޝަންގެ އަސާސީ ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ކުރިމަތިލަށްވާ ކެންޑިޑޭޓުންގެ ޝަރުތު ހަމަވޭތޯ ބެލުމަށްފަހު،

ކެންޑިޑޭޓުންގެ ލިސްޓް 7 ޖެނުއަރީ 2019 ވާ ހޯމަ ދުވަހު އިއުލާނު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.  

      އަދި ކުރިމަތި ލެއްވުމަށް އެދިލައްވަން ބޭނުންވާ ފޯމް 30 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުން ފެށިގެން އެއެސޯސިއޭޝަން އިން ލިބެން ހުންނާނެއެވެ. އެސޯސިއޭޝަން ހުޅުވިފައި

ހުންނާނީ ހެނދުނު 10:00 އިން މެންދުރުފަހު 14:00އަށެވެ.  

                               20 ރަބީޢުލްއާޙިރު 1440

27 ޑިސެންބަރު 2018
ހޯދާ