މަޑިފުށީ ސްކޫލް، ތ. މަޑިފުށި
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޕްރީސްކޫލް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:                                                 ނަންބަރު: GS-180/2018/219

މަޤާމް: ރިލީފް ޓީޗާރ – (ޕްރީސްކޫލް)

ބޭނުންވާ ޢަދަދު: 2 (ދޭއް)

މަސައްކަތް ހަމަޖެހިފައިވާ ތަން: ތ. މަޑިފުށީ ސުކޫލް

ސެކްޝަން: އެކަޑެމިކް

ވަޒީފާގެ ގިންތި: 3 މަސް ދުވަސް

މަޤާމުގެ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ

-/4،500 ރުފިޔާ

-/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ

-/5،500 ރުފިޔާ

-/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ

-/6،090 ރުފިޔާ

-/2،500 ރުފިޔާ

 

ނޯޓް:

  1. ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  2. ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

އެހެނިހެން ޢިނާޔަތްތައް:

  1.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާގެ މަސްއޫލިއްޔަތު:

1. ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2. ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޓީޗަރުންނާއި، ސްކޫލާމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.

3. ޤައުމީ މަންހަޖާ އެއްގޮތަށް އުނގަންނައިދިނުމުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން.

4. ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

5. ކުދިންގެ ކިބައިގައި ދީނީ، އަޚްލާޤީ ސިފަތައް އަށަގެންނެވުން.

6. ވަށާޖަހާ ތަޢުލީމަކަށް މަގުފަހިވާނެހެން އިތުރު ހަރަކާތްތައް ރާވައި ހިންގުން.

7. ކިޔަވައިދޭ ފިލާވަޅާ ގުޅޭ ކިޔަވައިދިނުމުގެ އެހީ ތައްޔާރުކުރުމާއި ބޭނުންކުރުން.

8. ވީހައިވެސް ބޮޑަށް ކުދިން އުނގަންނައިދޭ ހަރަކާތްތަކުގައި ބައިވެރިކުރުވައިގެން އުނގަންނައިދިނުން.

9. ދަރިވަރުންނަށް އެ ދަރިވަރުންގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހިތްވަރުދިނުން.

10. ވީހައިވެސް ބޮޑަށް ކުދިންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވޭތޯ ބަލަންވާނެއެވެ.

11. އެ މުދައްރިސެއްގެ ކިޔަވައިދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރަންވާނެއެވެ.

12. ކިޔަވައިދިނުމާ ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތް ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

 

ހުށަހަޅަން ޖެހޭ ތަކެތި:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  2. (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  3. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ސުންގަޑި: މަގާމު ތަކަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން  08 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މަތީގައި  ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މަޑިފުށީ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ މިސްކޫލްގެ ނަންބަރ 6780568 އާއި ގުޅުއްވުންއެދެމެވެ.

 

27 ޑިސެންބަރ 2018

27 ޑިސެންބަރު 2018
ހޯދާ