ދާންދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

`

 

ދާންދޫ ސްކޫލް

ގއ.ދާންދޫ/ ދިވެހިރާއްޖެ

ތާރީޚް:24 ޑިސެންބަރު 2018                            ނަންބަރު:  36GS-199/IUL-2018/

 

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް:                            އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                   01

ރޭންކް:                        ޖީ. އެސް 3

ކްލެސިފިކޭޝަން :                 އޮފިސަރ ގްރޭޑް 1

މުސާރަ :                       -/4465ރުފިޔާ

ސަރވިސް އެލަވަންސް:              -/1500 ރުފިޔާ

ވަޒީފާއޮތް އޮފީސް:                 ގއ.ދާންދޫ ސްކޫލް

ގިންތި                                           :ވަގުތީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :       ދާންދޫ ސްކޫލުގެ އެޑްމިން ސެކްޝަން

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  1. ސްކޫލުގެ  އިމާރާތްތަކުގެ ސާފުތާހިރުކަމާއި ފިކްސްޗަރސްގެ ހާލަތު ބަލާ ރިޕޯޓް ހުށަހެޅުން

އިމާރާތްތަކުގެ ހާލަތު ހަފްތާއަކު އެއްފަހަރު ސްކޫލުގެ އިސްވެރިޔާއަށް ހުށައަޅަމުން ގެންދިޔުން. މިމައުލޫމާތު ޝީޓްގައި ތިރީގައިމިވާ މަޢުލޫމާތު ހިމެނެންވާނެއެވެ.

*   ސާފުތާހިރުކަން.

*   ފަރުނީޗަރުގެ ހާލަތު

*   ފަންކާތަކުގެ ހާލަތު.

*   ހޮޅިބުރިތަކުގެ ހާލަތު.

*   ދޮރާއި ދޮރުފަތްތަކުގެ ހާލަތު.

*  ބްލެކްބޯޑްގެ ހާލަތު.

*  ޕާޓްޝަންގެ ހާލަތު.

*  ތަޅުމުގެ ހާލަތު.

*  ސީލިންގްގެ ހާލަތު.

*   ކުލައާއި ދަވާދުގެ ހާލަތު.

*  ދޮރުފޮތީގެ ހާލަތު.

*  ފާޚާނާ ތައްޓާއި މޫނުދޮންނަ ތަށިފަދަ ތަކެތީގެ ހާލަތު.

*  ސްކޫލުގެ ގޯތިތެރޭގެ ސާފުތާހިރުކަމުގެ ހާލަތު.

 

  1. ސްކޫލުގެ އިންވެންޓްރީ ބެލެހެއްޓުން.

*   މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފޮނުވާ ތަކެއްޗާއި، ސްކޫލުގެ ބަޖެޓުން ގަންނަ ތަކެއްޗާއި، އެހެނިހެންވެސް ފަރާތްތަކުން ދެއްވާ ތަކެތި ޤަވާއިދުން އިންވެންޓްރީ ފޮތަށް އެރުވުން.

*    ހަލާކުވުމާއި ބާވުމުގެ ސަބަބުން ނައްތާލެވޭ ތަކެތި، ޕްރިންސިޕްލް މަޝްވަރާގެ މަތިން އިންވެންޓްރީން އުނިކުރުން.

*    ސްކޫލުގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ބޭނުންވެގެން އެދޭ ފަރާތްތަކަށް ކަޑައެޅިފައި އޮންނަ އުސޫލުން ޕްރިންސިޕަލްގެ މަޝްވަރާގެ މަތިން ދޫކޮށް ބަލައިގަތުން.

*    އަހަރަކު އެއްފަހަރު ނީލަންކިޔަންޖެހޭ ތަކެތީގެ ލިސްޓްނަގާ ޕްރިންސިޕަލްގެ މަޝްވަރާގެ މަތިން ނީލަން ކިޔުމުގެ ހުއްދަޔަށް ލިޔުން.

*   ނީލަން ކިޔުމުގެ ހުއްދަލިބުމުން ނީލަން ކިޔުމުގެ އިންތިޒާމް ހަމަޖެއްސުން.

ނީލަންކިޔާ މުދާނެގި ފަރާތްތަކުގެ މަޢުލޫމާތާއި ފައިސާގެ އަދަދު ސެކްރެޓަރީއަށް ހުށަހެޅުން.

*   ނީލަމުގައި ވިއްކިތަކެތި މަދަރަސާގެ އިންވެންޓްރީން އުނިކުރުން.

*   ކޮންމެ އެކަޑަމިކް އަހަރެއް ނިމޭތާ އެއްމަސް ދުވަހުގެ ތެރޭ އިންވެންޓްރީ ލިސްޓް އެވަގުތަކު ހުންނެވި އިސްވެރިއާއަށް ހުށަހެޅުން.

 

  1. ބައެއް އާއްމު ކަންތައްތައް.

*  ޕްރިންސިޕަލް އަންގަވާ އިދާރީ މަސައްކަތް ކުރުން.

*   އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ތަހުނިޔާ ފޮނުވަންޖެހޭ ފަރާތްތަކަށް ތަހުނިޔާ ފޮނުވުން.

*   ގޯތިތެރޭގައާއި އިމާރާތްތަކުގައި އަދާފައި ހުންނަ ހޮޅިބުރިތަކާއި ބޮކިތައް އަދި މައްސަލަޖެހިފައި ހުންނަ ފަންކާ ސްވިޗް އަދި ސޮކެޓް ބަދަލުކުރުން.

*   ސްކޫލަށް ދިމާވާ ބޮޑެތި ކަންތައްތަކާއި ޚާއްސަ ކަންތައްތަކުގައި އެއިރަކު ހުންނަވާ ވެރިއަކު އަންގަވާ ގޮތެއްގެ މަތިން އަމަލުކުރުން.

*   މަސައްކަތަށް ބޭނުންވާ ފޮތްތައް ތައްޔާރުކޮށް ނަންއަޅާ ސެލޯފިންލާ ފުރިހަމަކުރުން.

*   ސްކޫލުގެ މުވައްޒަފަކަށްވީތީ ދަރިވަރުންނަށް ފެންނަހިސާބެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.

*   ސްކޫލުގެ ގޯތިތެރޭގައި އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން.

*   އަބަދުވެސް ދަރިވަރުންނަށް ރިވެތި ނަމޫނާއަކަށް ވުމަށް މަސައްކަތް ކުރުން.

*  މަސައްކަތުގައި ފަރުވާތެރިވެ ހީވާގިވުން.

*   ސްކޫލުގެ ސިއްރުތައް ސިއްރުގޮތުގައި ދެމެހެޓުން.

*  ދިވެހި ސަރުކާރުގެ ޤަވާއިދުތަކާއި، ދިވެހި ސިވިލް ސާވިސްގެ ޤަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.

 

 

 

 

 

ޝަރުތު:

                                                    

                                                    

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  2. 3.      މަޤާމުގެ ދާއިރާ

އިންފޮރމޭޝަން ޓެކްނޮލޮޖީ

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

ހިއުމަން ރިސޯސް މެނޭޖްމެންޓް

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

ޙާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

އިންޓަރވިއު ކުރުން

 

ހ. އިންޓަރވިއު އޮންނާނީ 01 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހު ދާންދޫ ސްކޫލުގެ އިދާރާގައެވެ.

ށ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1.  ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ .
  2.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސްކޫލުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު(www.csc.gov.mv)  އިން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  31 ޑިސެންބަރު 2018 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ދާންދޫ ސުކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected]  އެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 

 

 

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ދާންދޫ ސްކޫލުގެ ނަންބަރު 7983075ފޯނަށް ގުޅުއްވުން އެދެމެވެ.

 

17 ރަބީޢުލްއައްވަލް 1440

24 ޑިސެންބަރު 2018

 

 

 

 

24 ޑިސެންބަރު 2018
ހޯދާ