މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފުޑް އެންޑް ބެވަރޭޖް އައުޓްލެޓެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ސްޓާފް ކެންޓީނެއް ހިންގުމަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން

 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސްޓާފް ކެންޓީނެއް (އީސްޓަން ޑިލައިޓް) ހިންގުމަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

1.       ކެންޓީން ޤާއިމު ކުރެވޭނެ ސަރަހައްދުގެ ބޮޑުމިން

1.1.  ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ އިރުމަތި ފަރާތުގައި އެމް.އޭ.ސީ.އެލް މެއިންޓަނަންސް ޑިޕާރޓްމަންޓް ގެ ދެކުނު ފަރާތުގައި ހުރި 376 އަކަމީޓަރުގެ ޖާގައިގައި އިމާރާތްކޮށް ބީލަން ފޮތުގެ ޖަދުވަލު 5 ގައިވާ އިކުއިޕްމަންޓާއިއެކު ތައްޔާރުކުރެވިފައިވާ ސްޓާފް ކެންޓީން ހިންގަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީއިން ހުޅުވާލަމެވެ.

1.2.  ބީލަން ފޮތުގެ ޖަދުވަލު 5 ގައި ނުހިމެނޭ އިތުރު އިކުއިޕްމަންޓެއް ބޭނުންވާކަމަށް ވާނަމަ އެތަކެތި ހޯދުމަށް ޚަރަދުކުރާނީ ކެންޓީން ހިންގާ ފަރާތުންނެވެ.

 

2.       ބީލަމުގައި ބައިވެރިވެވޭނެ އަދި މަސައްކަތް ހަވާލު ކުރެވޭނެ ފަރާތްތައް

2.1.  ބީލަން ހުށަހެޅުމަށް ފުރުސަތު ދެވޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ލިމިޓެޑް ލަޔަބިލިޓީ ކުންފުނި ތަކަށެވެ. އަދި ބީލަން ހުށަހަޅާ ކުންފުންޏަކީ މަދުވެގެން 2 އަހަރު ހުއްޓުމެއްނެތި ހޮޓާ/ކެފޭ/ރެސްޓޯރަންޓް/ބޭކަރީ ވިޔަފާރި ކުރަމުން އަންނަ ކުުންފުންޏަކަށް ވާންވާނެއެވެ.

2.2.  ބީލަން ހުށަހަޅާ ފަރާތަކީ (އަދި/ނުވަތަ އެކުންފުނީގެ %50 ނުވަތަ އެޔަށްވުރެ ގިނަ ހިއްސާގެ ވެރި ފަރާތަކީ) އެމް.އޭ.ސީ.އެލް އަށް ދަރަނި ވެރިވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި ބީލަން ހުށަހަޅާ ފަރާތަކީ އެމް.އޭ.ސީ.އެލް އާއި އެކު ކުރެވިފައިވާ އެއްވެސް ވިޔަަފާރީގެ މުޢާމަލާތެއްގެ ދަށުން އެމް.އޭ.ސީ.އެލް އަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އޮތް ފަރާތަކަށް ވެގެން ނުވާނެއެވެ.

2.3.  ބީލަން ހުށަހަޅާ ފަރާތަކީ މިހާރު ހުޅުލޭގައި ކެންޓީނު، ކެފޭ، ނުވަތަ ރެސްޓޯރަންޓް ހިންގާފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

 

3.       ބީލަން ފޮތް ލިބޭނެ ގޮތް

ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝަައުގުވެރިކަން ފާޅުކޮށް އީމެއިލް ([email protected] އަށް) ނުވަތަ ސިޓީ ފޮނުއްވުން އެދެމެވެ. މިކަމަށް އެދި ހުށައެޅި ފަރާތްތަކަށް ބީލަން ފޮތް އީމެއިލް މެދުވެރިކޮށް ފޮނުވޭނީ
25 ޑިސެންބަރު 2018 ން 26 ޑިސެންބަރު 2018 (08:30 އާއި 15:30 އާއި ދެމެދު)  މިކުންފުނީގެ ކޮމާރޝަލް ޑިޕާރޓްމަންޓުންނެވެ.

 

4.       ބީލަން ކުރިޔަށް ނުގެންދިއުން

ބީލަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު 3 ފަރާތައް ވުރެ މަދުނަމަ ބީލަން ބާތިލް ކުރެވޭނެއެވެ.

 

5.       ޕްރީބިޑް ބައްދަލުވުން (މައުލޫމާތު ދިނުމުގެ ބައްދަލުވުން)

5.1.  މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް 30 ޑިސެންބަރު 2018 ވަނަ ދުވަހުގެ 10:00 ގައި ޕްރީބިޑް ބައްދަލުވުމެއް މިކުންފުނީގެ ކޯޕަރޭޓް އޮފީހުގެ ފުރަތަމަ ފަންގިފިލާގެ މީޓިންގ ރޫމްގައި (އެޗް.އާރ މީޓިންގ ރޫމް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަންފޮތް ލިބިލައްވާ އެންމެހައި ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.

5.2.  މަޢުލޫމާތު ސާފުކުރުމަށް އެދި ފޮނުއްވާ ލިޔުންތައް 30 ޑިސެންބަރު 2018 ން 01 ޖަނަވަރީ 2019 ގެ ނިޔަލަށް (ކޮންމެ ދުވަހެއްގެ 8:30 އިން 15:30 އާއި ދެމެދުގެ ގަޑިތަކުގައި) މިކުންފުނީގެ ކޮމާޝަލް ޑިޕާޓްމެންޓަށް ފޮނުއްވުން އެދެމެވެ. ސުވާލުތައް އީމެއިލް ކުރައްވާނަމަ ފޮނުއްވާނީ [email protected] އަށެވެ. އަދި މިތާރީޚުގެ ގެ ފަހުން ލިބޭ ސުވާލުުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައެއްނުވެއެވެ. ލިޔުމުން ފޮނުވާ ސުވާލުތަކާއި އޭގެ ޖަވާބު ބީލަން ފޮތް ގަނެފައިވާ އެންމެހާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.   

 

6.       ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 10 ޖަނަވަރީ 2019 ވަނަ ދުވަހުގެ 10:30 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ
10 ޖަނަވަރީ 2019 ވަނަ ދުވަހުގެ 10:45 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

7.       އިވެލުއޭޝަން ކްރައިޓީރިއާ

ކުރިމަތިލާ ފަރާތްތަކުގެ ބީލަންތަކަށް މާކްސް ދޭނީ ތިރީގައިވާ ގޮތަށެވެ.

 

 

ކްރައިޓީރިއާ

ޕޮއިންޓް

1.

ކާބޯތަަކެތި އުފައްދައި ވިއްކުމުގެ ތަޖުރިބާ

10

2.

ޕްރީ ޕެއިޑް ކާރޑް ސިސްޓަމް

10

3.

ޚިދުމަތުގެ ފެންވަރު

30

4.

ސެޓް މެނޫ ކެއުމުގެ އަގު

30

5.

އެޑިޝަނަލް ކާބޯތަކެތީގެ އަގުތައް

20

 

ޖުމްލަ

100

 

8.       އިތުރުމައުލޫމާތުހޯއްދެވުމަށް:

ކޮމަރޝަލް ޑިޕާރޓްމަންޓް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ހުޅުލެ 22000

ދިވެހިރާއްޖެ

ފޯން:  3337496، 3337495

އީ-މެއިލް: [email protected]

24 ޑިސެންބަރު 2018
ހޯދާ