ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިޔަދޮވި ބަދަލު ކުރުން

އިޢުލާން

 މި ސްކޫލް އިމާރާތުގެ ބައެއް ދިޔަދޮވި ބަދަލުކޮށްދޭނެފަރާތެއްހޯދުމާއިގުޅޭ

މި ސްކޫލް އިމާރާތުގެ ބައެއް ދިޔަދޮވި ބާވެ ހަލާކުވެފައިވާތީ ދިޔަދޮވި ބަދަލު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު: GS53/IUL/2018/23 އިޢުލާނާގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން 2018 ޑިސެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 ޑިސެންބަރު 31 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެބޭފުޅަކު ފޮނުއްވި ފަރާތުގެ ލިޔުމަކާއި، ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

Û އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ސްކޫލުގެ 6528815 ނަންބަރު ފޯނަށެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ރަބީލްއާޚިރު 1440

23 ޑިސެންބަރު 2018

23 ޑިސެންބަރު 2018
ހޯދާ