މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހުޅުމާލޭގައި ޕަބްލިކް ފާޙާނާތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިމިނިސްޓްރީގެ ފަރާތުން ހުޅުމާލޭގައި ޕަބްލިކް ފާޚާނާތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމާއި ގުޅިގެން މަޢުލުމާތު ސެޝަނާއި އަންދާޒީ ހިސާބު ހުށަހެޅުމުގެ ތާރީޚް ތިރީގައިމިވާ ތާވަލްގައި ބަޔާންކުރެވިފައިމިވަނީއެވެ. އަންދާޒީ ހިސާބު ހުށަހެޅުމަށް ބޭނުންވާނެ ކުރެހުންތަކާއި ލިޔެކިޔުންތައް މަޢުލުމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.

 

ތާރީޙް

ވަގުތު

ތަފްސީލް

26 ޑިސެމްބަރ 2018 (ބުދަ)

11:00

މައުލޫމާތު ސެޝަން

27 ޑިސެމްބަރ 2018 (ބުރާސްފަތި)

  11:00ގެ ކުރިން

ސުވާލު ހުށަހެޅުމަށް އެންްމެ ފަހުގެ ތާރީޙް

30 ޑިސެމްބަރ 2018 (އާދިއްތަ)

  11:00ގެ ކުރިން

ސުވާލުތަަކަށް ޖަވާބުދޭނެ އެންްމެ ފަހުގެ ތާރީޙް

02 ޖެނުއަރީ 2019 (ބުދަ)

11:00 އަށް

އަންދާސީ ހިސާބު ހުށަހެޅުއްވުން

  

      އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ފޯމް ފުރިހަމަ ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

     

      މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004132 އާއި 3004320 އަށް ގުޅުއްވުން އެދެމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 27 ޑިސެމްބަރ 2018 (ބުރާސްފަތި) 11:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

20 ޑިސެންބަރު 2018
ހޯދާ