މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ އެއް ބޭއްވުމާއި ގުޅޭ

                                                                                                                                                          ނަންބަރު: IUL)10-K/10/2018/115)            

އިޢުލާން

މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ އެއް ބޭއްވުމާއި ގުޅޭ

މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތް އާންމުންނަށް ހިއްސާކޮށް، އާ މެމްބަރުން ހޯދާ، ކުންފުނިތަކަށް ދަޢުވަތުދީގެން އެއްތަނަކުން ޖަމްޢިއްޔާތަކުގެ އެކި މަޝްރޫޢުތަކަށް ފަނޑްހޯދުމަށް، ޕްރޮޕޯސަލް ހުށަހެޅުމަށް މަގުފަހިކޮއްދިނުމަށްޓަކައި މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ އެއް ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑި ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ފެއަރ ބާއްވާނެގޮތާއި މެދު ޚިޔާލް ހުށަހަޅާ، ފެއާރގެ ކަންކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ހުރިހާ ޖަމްޢިއްޔާތަކަށް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ ކުރިއަށް ގެންދާނެގޮތާމެދު ޚިޔާލްހުށަހަޅާ ފެއާރގެ ކަންކަމުގައި ހަރަކާތްތެރިވާން ބޭނުންފުޅުވާ ޖަމްޢިއްޔާތަކުން، ޝައުގުވެރިކަން ފާޅުކޮށް، އެކަން 25 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، އީ-މެއިލް އަކުން ނުވަތަ ފޯނުން ގުޅުއްވާ މިމިނިސްޓްރީގައި ދެންނެވުން އެދެމެވެ. އީމެއިލް ކުރައްވާނީ މިމިނިސްޓްރީގެ މެއިލް އެޑްރެސް [email protected] އަށެވެ. އަދި ނަން ނޯޓްކުރެއްވުމަށްޓަކައި ފޯނުން ގުޅުއްވާނީ އޮފީހެގެ ރަސްމީ ގަޑީގައި މިމިނިސްޓްރީގެ ނަންބަރު 3323820 ފޯން އަށެވެ.

19 ޑިސެންބަރު 2018
ހޯދާ