މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 a

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު:  31 (IUL)25-A5/25/2018/

ވަޒީފާގެ ފުރުޞަތު

 

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް.

މަޤާމް: ޑިރެކްޓަރ

ކްލެސިފިކޭޝަން: ޓެކްނިކަލް ޑިރެކްޓަރ

ރޭންކް: އީ.އެކްސް. 1

މުސާރަ: 8835.00 ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 1100.00 ރ

ނުވަތަ

ޓެކްނިކަލް ކޯ : މުސާރައިގެ 28%

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-300146

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: ޔޫ.އެން ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އ.ދ އާންމު މަޖިލީސް ބާއްވާ ދުވަސްވަރު ޤަރާރުތަކާއި ޕޮޒިޝަންތަކާއިމެދު ރިސަރޗް ހެދުމާއި ކަރުދާސްތައް ތައްޔާރުކުރުން
  2. އ.ދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުތައް މޮނިޓަރކޮށް ބެލެހެއްޓުމާއި ޕޮޒިޝަން ޕޭޕަރ ތައްޔާރުކުރުން
  3. ޔޫ.އެން އާއި ބެހޭ ތަފާތު މަސައްކަތްތަކާއި ގުޅޭގޮތުން ބްރީފް ޕޭޕަރ / ޕޮޒިޝަން ޕޭޕަރ، ތައްޔާރު ކުރުން.
  4. އ.ދ ގެ ސްޕެޝަލައިޒްޑް އެޖެންސީ އާއި، ސަބްސިޑިއަރީ އޯގަންސް އާއި ގުޅޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކުރުން
  5. ރާއްޖޭގެ ތާއީދަށް އެދި ފޮނުވާ، ބޭރު ޤައުމުތަކުން ވާދަކުރާ ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިންތިޚާބުތަކުގެ މެޓްރިކްސްއާއި ގުޅޭ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން
  6. ޑިވިޜަންގެ ސަޕޯޓް މުވައްޒަފުންނާއި މަސައްކަތް ހަވާލުކުރުމާއި، ސުޕަވައިޒްކުރުމާއި، ޕަރފޯމަންސް އެޕްރެއިސަލް މަސައްކަތާއި، މުވައްޒަފުންގެ ޗުއްޓީ ޕްލޭން އޮންނަ އުސޫލަކުން ކަމާބެހޭ ޑިވިޜަނަށް އެންގުން
  7. ޑިވިޜަނުގެ ޔައުމިއްޔާ، ވީކްލީ ރިޕޯރޓްތައް، ވޯކް ޕްލޭން، ބަޖެޓަށް ބޭނުންވާ މައުލޫމާތު އަދި ޕެންޑިންގ މަސައްކަތްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުން. އަދި ލިޔެކިޔުންތައް އޮންނަ އުސޫލަކުން ފައިލްކޮށް ރެކޯޑް ބެލެހެއްޓުން
  8. ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓާއި ގުޅޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން
  9. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިވިޜަންތަކާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-         މަޤާމުގެ މަސައްކަތާއި ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަންސް) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ  މަސައްކަތުގެ (އިންޓަނޭޝަނަލް ރިލޭޝަންސް) ގެ 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ނުވަތަ

2-         މަޤާމުގެ މަސައްކަތާގުޅޭ (އިންޓަނޭޝަނަލް ރިލޭޝަންސް) ގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ (އިންޓަނޭޝަނަލް ރިލޭޝަންސް) ގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމް:  އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 3

މުސާރަ: 7035.00 ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 700.00 ރ

ނުވަތަ

ޓެކްނިކަލް ކޯ : މުސާރައިގެ 28%

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-300104

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: ސާރކް. ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އެކިއެކި ސާކްގެ އިޝޫތަކަށް ސާކް ސެކްޝަނުން ބްރީފް ޕޭޕަރާއި އެނެލިޓިކަލް ޕޭޕަރު ތައްޔާރުކުރުން (ރިސަރޗް ޑިވިޜަނުން އެދޭ ތާރީޚުގެ އެއްދުވަސް ކުރިން ބްރީފް ޕޭޕަރުތައް ޗެކްކޮށް، ސާކްގެ އެހެނިހެން އިޝޫތަކަށް ރައީސަށް ނުވަތަ މިނިސްޓަރަށް ބްރީފް އެރުވުން. މި ގޮތުން ސެކްޝަންގެ މުއައްޒަފުން ކުރާ މަސައްކަތްތައް ސުޕަވައިޒް ކޮށް މޮނިޓަރ ކުރުން)
  2. ރާއްޖޭގައި ބާއްވާ އެކިއެކި ސާކުގެ ޖަލްސާއާއި އެހެނިހެން ހަރަކާތްތަކުގައި ސާކް ސެކްރެޓޭރިއަޓާއި އަދި ލައިން މިނިސްޓްރީތަކާއިއެކު ކުރަންޖެހޭ މަސައްކަތްތައް (ބައްދަލުވުމާ ގުޅޭ މަޢުލޫމާތުތައް ސާކްސެކްރެޓޭރިއަޓާ ހިއްސާކުރުން އަދި ސެކްރެޓޭރިއަޓާއި މެންބަރު ޤައުމުތަކުން ލިބޭ މަޢުލޫމާތު ދުވަހުން ދުވަހަށް ލައިން މިނިސްޓްރީތަކާ ހިއްސާކުރުން. ބައްދަލުވުމުގެ ލޮޖިސްޓިކްސްއާއި ޕްރޮޓޮކޯލްއާއި މީޑިޔާއާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރުން. މި ގޮތުން ސެކްޝަންގެ މުއައްޒަފުން ކުރާ މަސައްކަތްތައް ސުޕަވައިޒް ކޮށް މޮނިޓަރ ކުރުން)
  3. ސާކް ސަމިޓަށާއި ކައުންސިލް އޮފް މިނިސްޓަރުންގެ ޖަލްސާއަށާއި ސްޓޭންޑިންގ ކޮމިޓީ އަދި ޕްރޮގްރާމިންގ ކޮމިޓީގެ ޖަލްސާތަކަށް ތައްޔާރުވުން. (ބައްދަލުވުންތަކަށް ވާންޖެހޭ ތައްޔާރީތައް ފާހަގަކޮށް މަސައްކަތް ބަހާލުން އަދި ބައްދަލުވުންތަކަށް ބޭނުންވާ މުހިންމު ޑޮކިއުމަންޓްތައް ތައްޔާރުކުރުން އަދި ބައްދަލުވުން ނިމުމުން ފޮލޯއަޕް ކުރުން. މި ގޮތުން ސެކްޝަންގެ މުއައްޒަފުން ކުރާ މަސައްކަތްތައް ސުޕަވައިޒް ކޮށް މޮނިޓަރ ކުރުން)
  4. ރާއްޖޭން ބޭރުގައި ބާއްވާ ސާކުގެ މުހިންމު ޖަލްސާތަކުގައި ބައިވެރިވެ ރާއްޖޭގެ ޕޮޒިޝަން ހާމަކުރުން އަދި ބައްދަލުވުންތަކުގައި ނިންމޭ ކަންތައްތައް ރާއްޖޭގެ ލައިން މިނިސްޓްރީތަކަށް އަންގާ އެކަންތައްތައް ފޮލޯއަޕް ކުރުން (ބައްދަލުވުންތަކަށް ބޭނުންވާ ރާއްޖޭގެ ޕޮޒިޝަން ހޯދުން އަދި ބައްދަލުވުން ނިމޭތާ އެއްދުވަސް ތެރޭގައި ކަމާ ގުޅޭ ލައިން މިނިސްޓްރީތަކަށް ރިޕޯޓު ފޮނުވާ ދުވަހުން ދުވަހަށް ފޮލޯއަޕްކުރުން. މި ގޮތުން ސެކްޝަންގެ މުއައްޒަފުން ކުރާ މަސައްކަތްތައް ސުޕަވައިޒް ކޮށް މޮނިޓަރ ކުރުން)
  5. ސާކުގެ ދާއިރާގެ ތެރެއިން އެކަމާ ގުޅޭ ތަފާތު ކަންކަމުގައި ރާއްޖެއަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ ދަތުރުފުޅުތައް ވިލަރެސްކުރުން. އަދި ސެކްރެޓަރީ ޖެނެރަލް ނުވަތަ ކަމާގުޅޭ އެހެނިހެން ބޭފުޅުންގެ ބައްދަލުވުންތަކުގައި ބައިވެރިވާންޖެހިއްޖެ ޙާލަތެއްގައި ބައިވެރިވުން.
  6. ސާކުގެ ދާއިރާއިން މީޑިޔާއަށް ފޯރުކޮށްދޭ މަޢުލޫމާތުތައް ލިޔެ ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި މިކަން ވިލަރެސް ކުރުން
  7. ސެކްޝަން ގެ ވެރިއެއްގެ ޙައިސިއްޔަތުން މިނިސްޓްރީގެ ތަފާތު ކޮމިޓީތަކާއި ޓާސްކްފޯސްތަކކާއި އިދާރީ އަދި އެހެނިހެން ދާއިރާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  8. މީގެ އިތުރުންވެސް މަސައްކަތުގެ ދާއިރާގެ ތެރެއިން ސެކްޝަނުން ކުރަންޖެހޭ އެހެނިހެން ހުރިހާ މަސައްކަތެއް ކުރުން

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-      މަޤާމުގެ މަސައްކަތާއި ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަންސް) ގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ (އިންޓަނޭޝަނަލް ރިލޭޝަންސް) ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-      މަޤާމުގެ މަސައްކަތާގުޅޭ (އިންޓަނޭޝަނަލް ރިލޭޝަންސް) ގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުން.

މަޤާމް:  ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 3

މުސާރަ: 7035.00 ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 700.00 ރ

ނުވަތަ

ޓެކްނިކަލް ކޯ : މުސާރައިގެ 28%

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-295760

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: އައި.ސީ.ޓީ ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      މިނިސްޓްރީއިން ބޭނުންވާ އިންޓަރނަލް އެޕްލިކޭޝަންތަކާބެހޭ ރިކުއަރމަންޓް ހޯދުމާއި، ސްޓަޑީ ހެދުން

2-      މިނިސްޓްރީއަށް ބޭނުންވާ އިންޓަރނަލް އެޕްލިކޭޝަންތައް ފަރުމާކުރުމާއި، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަޕްގްރޭޑް ކުރުން

3-      މިނިސްޓްރީގެ ސަރވަރއާއި ނެޓްވަރކަށް ދިމާވާ މައްސަލަތައް ހައްލު ކުރުން

4-      މިނިސްޓްރީގެ ނެޓްވަރކްގެ ސެކިއުރިޓީ މޮނިޓަރކޮށް ބެލެހެއްޓުން

5-      ނެޓްވޯކުގެ ފެންވަރުބަލައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކުރުން

6-      މިނިސްޓްރީގެ ވެބްސައިޓަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމާއި، މެއިންޓެއިންކޮށް ބެލެހެއްޓުން

7-      ނެޓްވަރކް ގައި ހިމެނޭ އިކުއިޕްމަންޓްތަކުގެ ހާޑްވެއަރ އަދި ސޮޕްޓްވެއަރ އަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމާއި، މެއިންޓެނަންސް ބޭނުންވާ ތަކެތި ފާހަގަކޮށް އެ ތަކެއްޗަށް ސަރވިސް ދިނުން

8-      ސަރވަރތަކުގެ ހާޑްވެއަރ އަދި ސޮޕްޓްވެއަރ އަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުން

9-      މިނިސްޓްރީގެ އެކި ޑިޕާރޓްމަންޓްތަކަށް އައި. ޓީ. ދާއިރާއިން ބޭނުންވާ އެކިއެކި ކަންކަމަށް އެހީތެރިކަން ފޯރުވައިދިނުން

10-  މިނިސްޓްރީގެ އެކިއެކި މުއައްޒަފުންގެ މަސައްކަތްތަކުގައި އައި.ޓީ.ދާއިރާއިން ބޭނުންވާ އެކިއެކި ކަންކަމަށް އެހީތެރިކަން ފޯރުވައިދިނުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-      މަޤާމުގެ މަސައްކަތާއި ގުޅޭ (ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ) ގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ (އިންފޮމޭޝަން ޓެކްނޮލޮޖީ) ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-      މަޤާމުގެ މަސައްކަތާގުޅޭ (ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ) ގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުން.

މަޤާމް: މަސައްކަތު

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް. އެސް 2

މުސާރަ: 3470.00 ރ.

ސަރވިސް އެލަވަންސް: 1000.00 ރ.       

ސަޕޯޓް ކޯ : 1200.00 ރ

 

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-134660

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: އެޑްމިން ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީގެ އިމާރާތާއި ގޯތި ފޮޅާ ސާފުކުރުވުން. މީގެ ތެރެއިން
  2. މުވައްޒަފުންގެ ފަރުނީޗަރު (ޑެސްކު، ކަބަޑު ފަދަ...) ފޮޅާ ސާފުކުރުވުން
  3. ކާޕެޓްތައް ވެކިއުމްކޮށް ސާފުކޮށް ބެލެހެއްޓުން
  4. މިނިސްޓްރީގެ ސައިކޮޓަރިއާއި ތައްޓާއި ޖޯޑާއި ސަމްސާފަދަ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން
  5. ސެކްޝަންތަކުގެ ޑަސްޓްބިންތައް ދުވަހުން ދުވަހަށް ހުސްކުރުން
  6. ކޮންމެ ދުވަހެއްގެވެސް އޮފީސްގަޑި ފެށުމުން ވީ އެންމެ އަވަސް ފުރުޞެއްގައި މީޓިންގ ރޫމްތައް ހުރީ ތައްޔާރަށްތޯ ބެލުން. އެހެނީ އޭސީ ޖެއްސުމާއި، ފެންފުޅި އަދި ބިއްލޫރިތަށި ހުރީ ވައްދާފައިތޯ ބަލާ ޗެކުކޮށް އަދި ފުރިހަމަނުވާ ކަމެއް ހުރިނަމަ ފުރިހަމަކުރުން
  7. މިނިސްޓްރީގައި ބާއްވާ މީޓިންގތަކަށް ކޮފީ، ޖޫސް އަދި ސައިފަދަ ތަކެތި ތައްޔާރުކޮށް ވައްދައިދިނުން
  8. މިނިސްޓްރީގައި ބާއްވާ ހަފްލާތަކަށް ބޭނުންވާ ކަންތައްތައް ކޮށްދިނުން
  9. މިނިސްޓްރީގެ ފާހާނާތައް ސާފުކުރުވާ ބެލެހެއްޓުން.  
  10. މިނިސްޓްރީއިން އޮފީސްތަކަށް ފޮނުވަން ޖެހޭ ސިޓީ ބިޓީ ރައްދުކުރުން
  11. ރަސްމީ މަސައްކަތާއި ގުޅޭގޮތުން މުވައްޒަފުން ބުނާ ކަންތައް ކޮށްދިނުން

 

ޝަރުތު (ތައުލީމާއި ތަޖުރިބާ)

1-      ލިޔަން ކިޔަން އެގުން

ނުވަތަ

2-      މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން

އިތުރު އިނާޔަތް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މަޤާމްތަކަށް ކަނޑައެޅިފައިވާ ތައުލީމީ ރޮނގުތަކުގެ ތެރެއިން ކޯޑިސިޕްލިންގގެ ތައުލީމީ ރޮނގު (އިންޓަނޭޝަނަލް ރިލޭޝަންސް) އަދި (ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ) ގެ ސެޓްފިކެޓް ހުށަހަޅާފައިވާ ނަމަ ޓެކްނިކަލް ކޯ ގެ ގޮތުގައި މުސާރައިގެ 28% ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯއަށް ޝަރުތު ހަމަނުވާ ފަރާތްތެއްނަމަ ސަޕޯޓިންގ ކޯލިބޭނެއެވެ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

 

 

 

އެމް.އެސް 3 –އީއެކްސް 6

-      ތަޢުލީމާއި ތަމްރީން 22%

-   މަސައްކަތުގެ ތަޖުރިބާ  8%

-   ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 70%

 

އެމް.އެސް 1 – އެމް.އެސް 2

-      ތަޢުލީމާއި ތަމްރީން 45%

-   މަސައްކަތުގެ ތަޖުރިބާ  15%

-   ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 40%

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ

http://www.foreign.gov.mv/index.php/dv/http://foreign.gov.mv/images/iulaan/CS_Job_Application_Form_V1.0.pdfވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ. ފެކްސް ނަންބަރަކީ، 3329178 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ،  21 ޖެނުއަރީ2019 އާއި 5 ފެބްރުއަރީ2019 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ތައުލީމަށް 50%
  • ތަޖުރިބާ 50%

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

އެމް.އެސް 3 – އީއެކްސް 6 ………… 40%

އެމް.އެސް 1 – އެމް.އެސް 2 .................... 35%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304184 / 3304177 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

                               

 

‏19‏ ޑިސެމްބަރ‏ 2018

‏11‏-ރަބީޢުލްއާޚިރު‏-1440

 

19 ޑިސެންބަރު 2018
ހޯދާ