މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

a

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު:  30 (IUL)25-A5/25/2018/

ވަޒީފާގެ ފުރުޞަތު

 

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް.

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

މުސާރަ:7035.00  ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 900.00 ރ.

ނުވަތަ

ޓެކްނިކަލް ކޯ : މުސާރައިގެ 28%

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު:  J-125518

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: ވިސިޓްސް އެންޑް ސެރެމޯނިއަލް ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ޚާއްސަ މަންދޫބުންނާއި، ފަސްޓް ލޭޑީ، ރާއްޖޭގެ ކެބިނެޓް މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުން ރާއްޖެއިން ބޭރު ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ އައިޓިނަރަރީ، ޑެލިގޭޝަން، އަދި އެހެނިހެން ޕްރޮޓޮކޯލް ޑިޕާޓްމަންޓުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އިރުޝާދު ދިނުމާއި އެ މަސައްކަތްތައް ކުރިއަށްދާގޮތް ސުޕަވައިޒްކޮށް ބެލެހެއްޓުން

2-      ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރުޤައުމުތަކުގެ އިސް ވެރިންނާއި، ޙާއްސަ މަންދޫބުންނާއި މިނިސްޓަރުން އަދި ސަފީރުންގެ ދަތުރުފުޅުތަކުގެ އިންތިޒާމްތަކާއި ޕްރޮޓޮކޯލް ކަންތައްތައް ކަންތައްތައް ކުރުމާއި، އިރުޝާދު ދިނުމާއި އެ މަސައްކަތްތައް ކުރިއަށްދާގޮތް ސުޕަވައިޒްކޮށް ބެލެހެއްޓުން 

3-      ރާއްޖޭގެ ޤައުމީދުވަސް އަދި މިނޫންވެސް މުހިންމު ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ދަތުރުފުޅުގެ ކަންތައްތަކާއި، އިންވިޓޭޝާން، ޕްރޮގްރާމް ފަދަ ޕްރޮޓޮކޯލް ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން

4-      ދިވެހިރާއްޖޭގައި ބާއްވާ އެކިއެކި ބައިނަލް އަޤުވާމީ ޖަލްސާ، ކޮންފަރަންސް، ސެމިނާރ އަދި ވޯކްޝޮޕްގައި ކުރަންޖެހޭ ޕްރޮޓޮކޯލް ކަންތައްތައް  ކުރުން

5-      ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުތަކަށް ބޭނުންވާޑިޕްލޮމެޓިކް ކްލިއަރެންސް އާއި އަދި ހާއްސަ ހުއްދައަކާއެކު ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް ކްލިއަރެންސް ދިނުމާއިގުޅޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން

6-      ޕްރޮޓޮކޯލް ވާކް ޕްލޭން ހިނގާނުހިނގާގޮތް ބަލާޗެކް ކުރުމާއި ވާކްޕްލޭންގައި ކަނޑައަޅާފައިވާ ތާރީޚްތަކަށް ނިންމޭތޯ ބެލުން، ޔައުމިއްޔާ، އެންޓްރީ އަދި ޕެންޑިންގ ބަލަހައްޓައި މޮނިޓަރ އަދި ޕްރޮޓޮކޯލް މޫވްމަންޓް ތަކުގެ ރެކޯޑް ބަލަހެއްޓުން

7-      ސުޕަވައިޒަރުގެ ލަފާގެ މަތިން ޑިވިޜަނުން ކުރާ މަސައްކަތްތައް މުވައްޒަފުންނަށް ދުވަހުން ދުވަހަށް ހަވާލުކުރުމާއި، ޙަވާލުކުރެވޭ މަސައްކަތް އިތުބާރު ކުރެވޭ ފެންވަރެއްގައި ދުވަހުން ދުވަހަށް ނިންމާތޯ ބެލުން، އަދި ޙަވާލުކޮށްފައިވާ އެންމެހައި މަސައްކަތް ކުރަމުންދާގޮތް ބަލާ ސުޕަވައިޒްކުރުމާއި، މުވައްޒަފުން އޮފީހުގައި ވަގުތު ހޭދަކުރަނީ އޮފީހަށް އެންމެ ފައިދާހުރި ގޮތަށްތޯވެސް ބެލުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-   މަޤާމުގެ މަސައްކަތާ ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތަޢުލީމީ ރޮނގަކުން ޤައުމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ (އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް) ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2-   މަޤާމުގެ މަސައްކަތާއި ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ (އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް) ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-   މަޤާމުގެ މަސައްކަތާ ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް. އެސް. 3

މުސާރަ:7035.00  ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 900.00 ރ.

ނުވަތަ

ޓެކްނިކަލް ކޯ : މުސާރައިގެ 28%

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-297379

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: އެމެރިކާސް، އޮސްޓްރޭލިއަ އެންޑް އޯޝޭނިއާ ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

1-      އެމެރިކާސް އަދި އޯޝަނިއާ ގެ ޤައުމުތަކަށް ޒިޔާރަތްކުރާ ރާއްޖޭގެ އިސްވެރިންގެ ދަތުރުތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ ހުރިހާ މަސައްކަތެއް ސުޕަވައިޒަކޮށް ބެލެހެއްޓުން އަދި އެމެރިކާސް އަދި އޯޝަނިއާ ޤައުމުތަކުން ރާއްޖެ ވަޑައިގަންނަވާ އިއްޒަތްތެރިންގެ ދަތުރާއި ގުޅޭ  ހުރިހާ މަސައްކަތެއް ސުޕަވައިޒްކޮށް ބެލެހެއްޓުން

2-      ރާއްޖެއާއި އޯޝަނިއާ އަދި އެމެރިކާސް ޤައުމުތަކުގެތެރެއިން ރާއްޖެއާއި ސިޔާސީ ގުޅުން ޤާއިމްކޮށްފައިނުވާ ޤައުމުތަކާ ދެމެދު އޮންނަ އުސޫލަކުން ސިޔާސީ ގުޅުން ޤާއިމްކުރުމުގެ މަސައްކަތްތައް 

3-      އެމެރިކާސްގެ  ޤައުމުތަކަށް ސަފީރުން ޢައްޔަންކުރުމާއި އެޤައުމުތަކުގެ ސަފީރުން ބަލައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް އަދި އެމެރިކާސްގެ ޤައުމުތަކުގައި ރާއްޖޭގެ އޮނަރަރީ ކޮންސަލުން އައްޔަންކުރުމާއި މިޤައުމުތަކުގެ އޮނަރަރީ ކޮންސަލުން ބަލައިގަތުން އަދި މިކަންކަމަށް ބޭނުންވާ ރަސްމީ ލިޔުންތައް ތައްޔާރުކުރުން

4-      ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެމެރިކާސްގެ ޤައުމުތަކުގެ އިއްޒަތްތެރިންނާ ބައްދަލުކުރައްވާއިރު ބޭނުންފުޅުވާ މަޢުލޫމާތު ކަރުދާހާއި ޓޯކިންގ ޕޮއިންޓް އަދި ޕޮޒޮޝަން ޕޭޕަރ ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން

5-      ބައިނަލްއަޤްވާމީ އިންތިޚާބްތަކުގައި ރާއްޖެއިން ތާޢީދު ކުރާ އެމެރިކާސްގެ ޤައުމުތަކަށް އެކަން އެންގުމާއި ރާއްޖެއިން ކުރިމަތިލާ ބައިނަލްއަޤްވާމީ އިންތިޚާބްތަކުގައި އެޤައުމުތަކުގެ ތާޢީދު ހޯދުމަށް މަސައްކަތްކުރުން

6-      އެމެރިކާސްގެ ޤައުމުތަކުން އެހީދޭ ފަރާތްތަކުން ރާއްޖެއަށް ދޭ ތަމްރީން ގެ ފުރުސަތްތަކަށް ހަމަޖެހިފައިވާ އުސޫލުން މަސައްކަތް ކުރުން: މި ގޮތުން ރާއްޖެއަށް ލިބޭ ކުރު އަދި ދިގު މުއްދަތުގެ ތަމްރީން ގެ ފުރުސަތުތައް، ހަމަޖެހިފައިވާ އުސޫލް ގެ މަތިން ކަމާބެހޭ އޮފީސްތަކަށް އަވަސްގޮތެއްގައި ފޮނުވައި، ޑެޑްލައިން ހަމަވުމުގެ ކުރިން ފޮލޯއަޕް ހެދުމާއި އެހެނިހެން މަސައްކަތްތައް ކުރުން. އެމެރިކާސްގެ ޤައުމުތަކުން ލިބޭ ޓްރެއިންގ ތަކުގެ ސީޓްއެއް އެކުލަވާލާ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލަހައްޓާތޯ ސުޕަވައިޒްކުރުން

7-      ޑިވިޜަންގެ އިސްވެރިންގެ ލަފާގެދަށުން ޑިވިޜަނާގުޅޭ ބައްދަލުވުންތަކުގައި ބައިވެރިވެ މިބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން

8-      ޑިވިޜަންގެ ސަޕޯޓް މުވައްޒަފުންނާއި މަސައްކަތް ހަވާލުކުރުމާއި، ސުޕަވައިޒްކުރުމާއި، ޕަރފޯމަންސް އެޕްރެއިސަލް މަސައްކަތާއި، މުވައްޒަފުންގެ ޗުއްޓީ ޕްލޭން އޮންނަ އުސޫލަކުން ކަމާބެހޭ ޑިވިޜަނަށް އެންގުން

9-      ޑިވިޜަނުގެ ޔައުމިއްޔާ، ވީކްލީ ރިޕޯރޓްތައް، ވޯކް ޕްލޭން، ބަޖެޓަށް ބޭނުންވާ މައުލޫމާތު އަދި ޕެންޑިންގ މަސައްކަތްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުން. އަދި ލިޔެކިޔުންތައް އޮންނަ އުސޫލަކުން ފައިލްކޮށް ރެކޯޑް ބެލެހެއްޓުން

10-  ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓާއި ގުޅޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން

11-  އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިވިޜަންތަކާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-      މަޤާމުގެ މަސައްކަތާއި ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަންސް) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ (އިންޓަނޭޝަނަލް ރިލޭޝަންސް) ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-      މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަންސް) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް. އެސް. 3

މުސާރަ:7035.00  ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 900.00 ރ.

ނުވަތަ

ޓެކްނިކަލް ކޯ : މުސާރައިގެ 28%

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-297199

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: ޔޫ.އެން ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

1-      އ.ދ ގެ އާންމު މަޖިލީހާއި، ހައިލެވެލް ބައްދަލުވުންތަކާއި އަދި އ.ދ ގެ ސްޕެޝަލް އެޖެންސީސް އަދި ސަބްސިޑަރީ އޯގަންސް ތަކުން ބާއްވާ ބައްދަލުވުންތަކުގައި ރާއްޖެއިން ބައިވެރިވާ ވަފްދުތަކުގެ ދަތުރު އިންތިޒާމްތައް ހަމަޖެއްސުމާއި އެ ޖަލްސާތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން  

2-      އ.ދ އާންމު މަޖިލީސް ބާއްވާ ދުވަސްވަރު ޤަރާރުތަކާއި ޕޮޒިޝަންތަކާއިމެދު ރިސަރޗް ހެދުމާއި ކަރުދާސްތައް ތައްޔާރުކުރުން

3-      އ.ދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުތައް މޮނިޓަރކޮށް ބެލެހެއްޓުން

4-      ޔޫ.އެން އާއި ބެހޭ ތަފާތު މަސައްކަތްތަކާއި ގުޅޭގޮތުން ބްރީފް ޕޭޕަރ / ޕޮޒިޝަން ޕޭޕަރ، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރު ކުރުން.

5-      ރާއްޖޭގެ ތާއީދަށް އެދި ފޮނުވާ، ބޭރު ޤައުމުތަކުން ވާދަކުރާ ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިންތިޚާބުތަކުގެ މެޓްރިކްސްއާއި ގުޅޭ މަސައްކަތް ސުޕަވައިޒްކުރުން

6-      ޑިވިޜަނުގެ ޔައުމިއްޔާ، ވީކްލީ ރިޕޯރޓްތައް، ވޯކް ޕްލޭން، ބަޖެޓަށް ބޭނުންވާ މައުލޫމާތު އަދި ޕެންޑިންގ މަސައްކަތްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުން. އަދި ލިޔެކިޔުންތައް އޮންނަ އުސޫލަކުން ފައިލްކޮށް ރެކޯޑް ބެލެހެއްޓުން

7-      ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓާއި ގުޅޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން

8-      ޑިވިޜަންގެ ސަޕޯޓް މުވައްޒަފުންނާއި މަސައްކަތް ހަވާލުކުރުމާއި، ސުޕަވައިޒްކުރުމާއި، ޕަރފޯމަންސް އެޕްރެއިސަލް މަސައްކަތާއި، މުވައްޒަފުންގެ ޗުއްޓީ ޕްލޭން އޮންނަ އުސޫލަކުން ކަމާބެހޭ ޑިވިޜަނަށް އެންގުން

9-      އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިވިޜަންތަކާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1         މަޤާމުގެ މަސައްކަތާއި ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަންސް) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ (އިންޓަނޭޝަނަލް ރިލޭޝަންސް) ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2         މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަންސް) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

އިތުރު އިނާޔަތް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

 

 

 

އެމް.އެސް 3 –އީއެކްސް 6

-      ތަޢުލީމާއި ތަމްރީން 22%

-   މަސައްކަތުގެ ތަޖުރިބާ  8%

-   ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 70%

 

ޖީ.އެސް 3- ޖީ.އެސް 4

-      ތަޢުލީމާއި ތަމްރީން 40%

-   އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) 5%

-   މަސައްކަތުގެ ތަޖުރިބާ  10%

-   ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 45%

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ

http://www.foreign.gov.mv/index.php/dv/http://foreign.gov.mv/images/iulaan/CS_Job_Application_Form_V1.0.pdfވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ. ފެކްސް ނަންބަރަކީ، 3329178 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ،  17 ޖެނުއަރީ  2019 އާއި 31 ޖެނުއަރީ 2019 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ތައުލީމަށް 50%
  • ތަޖުރިބާ 50%

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

އެމް.އެސް 3 – އީއެކްސް 6 ………… 40%

ޖީ.އެސް 3- ޖީ.އެސް 4 .................... 45%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304184 / 3304177 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

                             

 

‏19‏ ޑިސެމްބަރ‏ 2018

‏11‏-ރަބީޢުލްއާޚިރު‏-4014

19 ޑިސެންބަރު 2018
ހޯދާ