ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

މަޤާމް: ފައިނޭންސް އޮފިސަރ
މަޤާމުގެ ނަންބަރު: J-241653
ބޭނުންވާ އަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މަޤާމުގެ ނަންބަރު: J-241653
ވަޒީފާ އަދާކުރަން ޖެހޭ ތަން: ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
މުސާރަ: 5610.00 ރުފިޔާ
ސަރވިސް އެލެވަންސް: 2000.00 ރުފިޔާ 
އެހެނިހެން އެލަވަންސް:
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް  ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
     (މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް)
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
  1. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި ލާމަރުކަޒީ ޤާނޫނާއި އަދި މާލީ ވުޒާރައިން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާއާއިބެހޭ އެންމެހައި ލިޔެކިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން
  2. ކައުންސިލް އިދާރާގެ ބަޖެޓް ދުވަހުން ދުވަހަށް ސިސްޓަމްޓަމުން ނުވަތަ ފޮތްތަކުން ބާކީކޮށް ބެލެހެއްޓުމާއި، ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ބަޖެޓް ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. މާލިއްޔަތު ޤާނޫނާއި ޤަވާއިދު ގައިވާގޮތުގެ މަތިން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ވަންނަ ފައިސާއާއި ޚަރަދުވާ ފައިސާގެ ރެކޯޑްތައް ސިސްޓަމުން ނުވަތަ ފޮތްތަކުން ބަލަހައްޓައި އެކައުންޓްތަކުގެ މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. މާލިއްޔަތު ޤާނޫނާއި ޤަވާއިދު ގައިވާގޮތުގެ މަތިން ކައުންސިލް އިދާރާގެ ތިޖޫރީގެ ހަފްތާ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ބެލެހެއްޓުމާއި ދައުލަތަށް ލިބޭ އާމްދަނީ ފައިސާ ޤަވާއިދުން ޕަބްލިކް ބޭންކް އެކައުންޓަށް ޓްރާންސްފަރކޮށް ބެލެހެއްޓުން.
  5. ކުއްޔަށް ދޫކުރެވޭ ބިންބިމާއި ތަކެތީގެ ކުލި ޤަވާޢިދުން ނަގަމުން ގެންދިއުން
  6. ކުއްޔަށް ދޫކޮށްފައިވާ ތަންތަނާއި ތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން
  7. ބަޖެޓާއި ފައިސާއާއިބެހޭ މަސައްކަތްތަކުގެ ތެރެއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުން
  8.  މުވައްޒަފުންގެ މުސާރަދިނުމަށް ބޭނުންވާ ޙާޟިރީ ރިޕޯޓާއި އިތުރުގަޑީގެ ރިޕޯޓް އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއެކު މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ޤަވާޢިދުން ދެމުން ގެންދިއުމާއި، ޤަވާއިދުން އެކަންތައްތަކާއި ބެހޭ ރެކޯޑްތައް ބެލެހެއްޓުން. 
  9. ތިން (3) އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  10. ކައުންސިލްގެ އަހަރީ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި ހުށަހަޅަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވުން.
  11. ކައުންސިލްގެ އަހަރީ ރިޕޯޓާއި 6 މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެ ދިނުން.
  12. ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް، ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ފީ ބަލައިގަތުމާއެކު އެކަންކަން ޤަވާއިދުން ބެލެހެއްޓުން.
  13. ރައްޔިތުންގެ ޢިމާރާތްތަކާއި ތަންތަނާއި ތަކެއްޗާއި ބިންބިމުގެ ކުއްޔަށާއި ޚިދްމަތްތަކުގެ އަގަށް ލިބޭ ފައިސާގެ ހިސާބުތައް ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ބަލަހައްޓާ ރިޕޯޓް ތައްޔާރުކުރުން
. އަދި މިނޫނަސް ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޙާއްސަ މަސައްކަތްތަކާއި ވަޒީފާގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވުމާއި ކުރަމުންގެންދިޔުން.
މަޤާމުގެ ޝަރުޠުތައް: ފައިނޭންސް ނުވަތަ އެކައުންޓިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: މި މަޤާމަށް މީހަކު އައްޔަންކުރުމުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި މަސައްކަތުގައި ގިނަވަގުތު ހޭދަކުރެވޭނެ މީހަކަށް އިސްކަންދެވޭނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2 ޖެނުއަރީ 2019 ގެ 13:00 ގެ ކުރިން، ކޮލަމާފުށީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6820046 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ،3 ޖެނުއަރީ 2019 އާއި 10 ޖަނަވަރީ 2019 އާ ދެމެދު، ގއ ކޮލަމާފުށީ ކައުންސިލްގެ އިދާރާގައެވެ. 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820017 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6820046 އެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.
19 ޑިސެމްބަރ 2018
19 ޑިސެންބަރު 2018
ހޯދާ