މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން

                                                         Ref:  MTCC-TRD/IU2/018/0180

                                                         Date: 17th December 2018 

 

އިޢުލާން

               

       އެމްޓީސީސީ ( ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަނޓް) ގެ ފަރާތުން ބަލަހައްޓަމުން ގެންދާ ގދ. ކަނޑުހުޅުދޫ އެމްޓީސީސީގެ ސައިޓް ގައި ހުރި ސްޕަޑް ބާރޖް ބަރުދަނުގައި ގާތްގަނޑަކަށް 60 ޓަނު ހުރި (ބައު ދަގަނޑު)  ގަތުމަށް ޝައުގުވެރިވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  މި ސްޕަޑް ބާރޖް ޚާއްޞަ ނީލަމުގައި ވިއްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ތިރީގައި މިދަންނަވަނީ މިނީލަމާ ބެހޭ އިތުރު ތަފްޞީލެވެ.

 

1-      ނީލަން ކިއުން އޮންނާނީ 23 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓްގެ ، ފުރަތަމަ ފަންގިފިލާ ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު )  ގައެވެ.

2-      ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަގަބަހުން ނެވެ.

3-      ނީލަމުގައި ބައިވެރިވުމަށް އެދި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓް ގައި ރަޖިސްޓްރީ ކުރެވި އަދި ސެކިއުރިޓީ ޑިޕޮސިޓް 0,000/-1 ރ (ދިހަހާސް ރުފިޔާ) 23 ޑިސެމްބަރ 2018  13:30 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.

4-      ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަވަންވާނެއެވެ.

5-      ނީލަން ފެށޭނީ ޓަނަކަށް -/500 ރުފިޔާގެ ރޭޓުންނެވެ.

6-      ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/500 (ފަސްސަތޭކަ ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެއް ހުށައަޅައިގެންނެވެ.

7-      އަދި ނީލަންނިމޭތާ 7 ދުވަހުގެ ތެރޭގައި މި ސްޕަޑް ބާރޖް ހުރިތަނުން (ގދ. ކަނޑުހުޅުދޫ) ގެންގޮސް ނިންމަވަންވާނެއެވެ.

 

             މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001476 / 7781249 /7907279 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

10  ރަބީޢުލް އާޙިރު 1440

17 ޑިސެމްބަރ 2018

17 ޑިސެންބަރު 2018
ހޯދާ