މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން

                                                          Ref:   MTCC-TRD/IU2/018/0179

                                                          Date: 17th  December 2018

އިޢުލާން

                މިކުންފުނީގެ ތިލަފުށި ސައިޓް ގައިހުރި 9 ޑަމްޕް ޓްރަކް އަދި ޑަމްޕަރ ( ވެހިކަލެއްގެ ބަރުދަނުގައި ގާތްގަނޑަކަށް 9 ޓަނާއި 10 ޓަނުހުރި) ބާދަގަނޑުތަކެއް ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.                                                                          

1-      ނީލަން ކިއުން އޮންނާނީ 23 ޑިސެމްބަރ 2018 އާދިއްތަ ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓްގެ ، ފުރަތަމަ ފަންގިފިލާ ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު )  ގައެވެ.

2-      މިތަކެތި ބެހެއްޓިފައިވަނީ އެމްޓީސީސީ ތިލަފުށި ސައިޓްގައި އެވެ.

3-      މިތަކެތި ބައްލަވަންބޭނުންވެ ލައްވާފަރާތްތަކަށް ރަސްމީދުވަސްތަކުގެ ހެދުނު 09:00 – 14:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށިސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިމްތިޒާމް ހަމަޖެހޭނެެވެ.

4-      ނީލަމުގައި ބައިވެރިވުމަށް އެދި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓް ގައި ރަޖިސްޓްރީ ކުރެވި އަދި ސެކިއުރިޓީ ޑިޕޮސިޓް 40,000/- ރ (ސާޅީސްހާސް ރުފިޔާ) 23 ޑިސެމްބަރ 2018  13:30 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.

5-      ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަގަބަހުން ނެވެ.

6-      ނީލަން ފެށޭނީ ޓަނަކަށް -/500 ރުފިޔާގެ ރޭޓުންނެވެ.

7-      ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/500 (ފަސްސަތޭކަ ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެއްހުށަ އަޅައިގެންނެވެ.

8-      ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.

9-      ނީލަންނިމޭތާ 7 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ،

10-  ދަގަނޑު ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 އިން ހަވީރު 14:00 އަށެވެ.

 

                  މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް  3001174/7743041  /3001476 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

10  ރަބީޢުލް އާޙިރު 1440

17 ޑިސެމްބަރ 2018

17 ޑިސެންބަރު 2018
ހޯދާ