މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ޤުރުއާން ކުލާސް

ރައީސުލް ޖުމަހޫރިއްޔާގެ ރިޔާސީ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވާ ދިނުން ފެށުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަ ކުރުމުގެ ގޮތުން ބ. މާޅޮހު ކައުންސިލާއި ކީރިތި ޤުލުއާނާ ބެހޭ މަރުކަޒާއި ގުޅިގެން މިސްކިތުގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކުލާސްތަކެއް ފެށުމަށްވަނީ ހަމަޖެހިފައެވެ. މި ކުލާސްތަކުގައި ބައިވެރިވާން އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ. 20 ޑިސެމްބަރ 2018 ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ކްލާސް ހިންގަންފަށާނީ 23 ޑިސެމްބަރ 2018 އާދިއްތަދުވަހުން ފެށިގެން އަސުރު ނަމާދަށްފަހުގައެވެ. މިކުލާސްތައް އޮންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެދުވަހަކުއެވެ.

            ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.   

        

17 ޑިސެންބަރު 2018
ހޯދާ