މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނު، ހއ. ތަކަންދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރުން ހޯދުމަށް

ވަޒީފާގެ ފުރުޞަތު

މިމަދަރުސާއަށް މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ. 

މަޤާމުގެ ނަން: ރިލީފް ޓީޗަރ (1 އިސްލާމް ޓީޗަރ،1ޤުރުއާންޓީޗަރ، 1 ދިވެހި ޓީޗަރ، 02 ޕްރައިމަރީ ޓީޗަރ،1 ޕްރީސްކޫލް ޓީޗަރ)

އޮފީސް: ޝަހީދު އަލީތަކުރުފާން ސްކޫލް

ބޭނުންވާ އަދަދު: 06

މަޤާމުގެ ގިންތި:ކޮންޓްރެކްޓް  

ސެކްޝަން: އެކަޑަމިކް                             

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.  މާސްޓަރ ޓައިމްޓޭބަލްގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ހާޒިރުވެ ކިޔަވައިދިނުން.
  2. ކިޔަވައިދިނުމާއި ގުޅޭ ސްކީމް އޮފް ވާރކާއި، ލެސަންޕްލޭނާއި، ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލާއި، ޓެސްޓު ޕޭޕަރުތައް ތައްޔާރުކޮށް، އިމްތިޙާންތައް ހިންގައި ޕޭޕަރުތައް މާރކުކޮށް، މާރކްސް ޝީޓްތަކާއި ރިޕޯޓު ފޮތްތައް ތައްޔާރުކުރުން.
  3. ހަވާލުކުރެވޭ ކޯކަރިކިއުލަރ ހަރަކާތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުން.
  4. ދަރިވަރުންގެ ކުރިއެރުމަށްޓަކައި އިތުރު ގަޑިތައް ނަގައިދިނުމާއި، ގަޑިތައް ރަނގަޅަށް ގެންދިއުމަށްޓަކައި ޓީޗަރެއްގެ ހައިސިއްޔަތުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. ދަރިވަރުންގެ ކުރިއެރުމަށް ފުންކޮށް، ފުޅާކޮށް ވިސްނުންބަހައްޓައި، ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.
  6. ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސްކޫލުން އަންގާ ގޮތެއްގެ މަތީން ގެނައުމާއި، ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.
  7. ކްލަބް ނުވަތަ ހައުސްއެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ، އެ ޒިންމާއެއް އަދާކުރުން.
  8. ސްކޫލުގެ މެނޭޖްމަންޓުގެ ނުވަތަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޓީމް މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން.

މަޤާމުގެ ޝަރުތު، މުސާރައާއި މުސާރައިގެ އިތުރުން ދެވޭ އުޖޫރަތަކާއި އިނާޔަތްތަކުގެ ތަފްޞީލް:

ޝަރުތު

މުސާރަ ( މަހަކު )

ސަރވިސް އެލަވަންސް ( މަހަކު )

ސާނަވީ ތަޢުލީމް ޙާޞިލްކޮށްފައިވުން

4500.00 ރުފިޔާ

1500.00 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ޙާޞިލްކޮށްފައިވުން

5500.00 ރުފިޔާ

1500.00 ރުފިޔާ

ކިޔަވާދިނުމުގެ ރޮނގުން ސެޓިފިކެޓް ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން

6090.00 ރުފިޔާ

2500.00 ރުފިޔާ

އިތުރު އިނާޔަތްތައް:

* ސިވިލްސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

* ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

* ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

  ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

-          ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

-                               

އިންޓަރވިއު ކުރުން

ހ. އިއުލާނަށް މުއްދަތުހަމަވާތާ ރަސްމީ 05 ދުވަހުގެ ތެރޭގައި އިންޓަވިއު ކުރުން އޮންނާނެއެވެ. އިންޓަވިއު ކުރުން އޮންނާނީ ޝަހީދު ޢަލީ ތަކުރުފާނު ސްކޫލް ގައެވެ.            

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ.

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- (ހ) މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވަ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ(ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓްތަށް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

   (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   (ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 

4- ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ

5- ސިވިލްސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް ، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތަކުގެ ކޮޕީ.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު އަދި މުއްދަތު ހަމަނުވާކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-         ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޝަހީދު ޢަލީ ތަކުރުފާނު ސްކޫލަށެވެ.

-           ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ޝަހީދު ޢަލީ ތަކުރުފާނު ސްކޫލަށެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: މަޤާމަށް އައްޔަން ކުރުމަށް ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޕޮއިންޓްގެ ޖުމްލަ އިންސައްތަ  %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރުމަޢުލޫމާތު ހޯދުމަށް: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި ޝަހީދު ޢަލީތަކުރުފާނު ސްކޫލުގެ ނަންބަރ 6500576 ފޯނަށް ގުޅުއްވުން އެދެމެވެ.  އީމެއިލް ކުރާނީ: [email protected] އަށެވެ.

16 ޑިސެންބަރު 2018
ހޯދާ