ކެނދިކުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ އައުޓް ސޯސްކުރުން

`

 ކެނދިކުޅޫދޫ ސްކޫލް

ނ. ކެނދިކުޅުދޫ

 

ނަންބަރ:  IUL)GS-67-A/GS-67/2018/1021)                         ތާރީޚް:  13 ޑިސެމްބަރ 2018 


                                                                        

އިޢުލާން

 

  2019 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުމާގުޅޭ:

2019 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާގުޅިގެން ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީވެ އިޢުލާން ނަންބަރު (IUL)GS-67-A/GS-67/2018/1019 ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ކެނދިކުޅުދޫ ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

17 ޑިސެމްބަރ 2018  11:00 ގައި

26 ޑިސެމްބަރ 2018 11:00 ގައި

 

 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:00 އަށް 6560049 ނަންބަރު ފޯނާއެވެ.

13 ޑިސެމްބަރ 2018

 

13 ޑިސެންބަރު 2018
ހޯދާ