ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
2019ވަނަ އަހަރުގެ ދިރާސީ އާއަހަރަށް ތައްޔާރުވުމުގެ ގޮތުން މިސްކޫލްގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

އިޢުލާން

 

2019ވަނަ އަހަރުގެ ދިރާސީ އާއަހަރަށް ތައްޔާރުވުމުގެ ގޮތުން މިސްކޫލްގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

    

          މިސްކޫލުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ.

 

1-    ދަރިވަރުން ބޭނުންކުރާ ފާޚާނާ މަރާމާތު ކުރުން.

2-    އިމާރާތްތަކުގެ ތެރޭގައި މައްސަލަ ޖެހިފައި ހުރި ކަރަންޓް ވައިރްތައް ރަގަޅުކޮށް، ހޮޅިބުރި އަދި ތަންމަތިތައް ބަދަލުކުރުން.

3-    ސްކޫލް އިމާރާތާއި ހޯލުއިމާރާތުގެ ފުރާޅުން ފެންފައިބާ ތަންތަން ރަގަޅު ކުރުމާއި ސީލިންގ ރަގަޅު ކުރުން

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިދެންނެވިފައިވާ ތާރީޚްތަކުގައި މި ސްކޫލަށް ވަޑައިގެންމަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ވިލުފުށީ ސްކޫލުގެ އޮފީސް

19 ޑިސެމްބަރ 2018

ބުދަ

13:00

އަންދާސީހިސާބު ހުށަހެޅުން

ވިލުފުށީ ސްކޫލުގެ އޮފީސް

24 ޑިސެމްބަރ 2018

ހޯމަ

13:00

         ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކުވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއްގެންނަވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާފަރާތްތަކަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.އަދި މިކަމަށް ކުރިމަތި ލައްވާ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ނުވަތަ އަމިއްލަ ފަރުދުންގެ

ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީ ގެންނަންވާނެއެވެ.

                             1440 D 4 

                           11 ޑިސެމްބަރ 2018

 

 

11 ޑިސެންބަރު 2018
ހޯދާ