ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވިޒިޓިންގ ލެކްޗަރަރ / ސްކޫލް އޮފް މެޑިސިން

މަޤާމް :ވިޒިޓިންގ ލެކްޗަރަރ / ސްކޫލް އޮފް މެޑިސިން
ބޭނުންވާ އަދަދު :18

ތިރީގައި މިދަންނަވާ މާއްދާތައް ސްކޫލް އޮފް މެޑިސިންގައި ކިޔަވައިދިނުމުގައި ޙަރަކާތްތެރިވާނޭ ވިޒިޓިންގ ލެކްޗަރަރުންގެ ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ. 

1

Anatomy

2

Physiology

3

Biochemistry

4

Pharmacology

5

Community Medicine

6

Pathology

7

Microbiology

8

Internal Medicine

9

General Surgery

10

Obstetrics and Gynecology

11

Pediatrics

12

Orthopedics

13

Ophthalmology

14

ENT

15

Psychiatry

16

Forensic Medicine

17

Radiology

18

Anesthesiology

މި ޕޫލްގައި ހިމެނުމަށް ލެކްޗަރަރއިން ހޮވުމުގައި ކިޔަވާދިނުމަށް އެދޭ މާއްދާއިން ފޯސްޓްގްރެޖުއޭޝަން ހަދާފައިވާ ޑޮކްޓަރުންނާއި އެ މާއްދާއެއް ކިޔަވާދިނުމުގައި ކުރިން ހަރަކާތްތެރިވެފައިވާ ޑޮކްޓަރުންނަށް  އިސްކަންދެވޭނެއެވެ. އަދި މި ޕޫލްގައި ހިމެނޭ ޑޮކްޓަރުން ވާނީ ފުލްޓައިމްކޮށް މި މާއްދާތައް ކިޔަވާދޭން ސްކޫލް އޮފް މެޑިސިންގެ ވަޒީފާއަށް ނަގާ ޑޮކްޓަރުންނާއިއެކު ސްކޫލް އޮފް މެޑިސިން އިން ބޭނުން ޖެހިއްޖެ ހިނދެއްގައި މަސައްކަތްކުރާނޭ ބައެއްކަމުގައެވެ.

ވީމާ މި މާއްދާތައް ކިޔަވައިދިނުމަށް ޝައުގުވެރިކަން ހުރި ޑޮކްޓަރުން 2018 ޑިސެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް، ކިޔަވާދިނުމަށް އެދޭ މާއްދާތައް ބަޔާންކޮށްފައިވާ ސިޓީއާއެކު ވަނަވަރު އަދި ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345137 ނަންބަރު ފޯނާއެވެ.
  • ކޮންމެ ޑޮކްޓަރަކަށްވެސް ޝައުގުވެރިކަން ފާޅުކުރެވޭނީ ގިނަވެގެން 03 މާއްދާ ކިޔަވާދިނުމަށެވެ. ވީމާ، ކިޔަވާދެއްވަން ގަސްތުކުރައްވާ މާއްދާތައް އިސްކަންދެއްވާ ތަރުތީބުން ލިސްޓުކުރެއްވުން އެދެމެވެ. 
11 ޑިސެންބަރު 2018
ހޯދާ