ފައިނު ސްކޫލް
ދިވެހިރާއްޖެ
2019ވަނަ އަހަރަށް ކުރަންޖެހޭ މަރާމާތުތަކާއި ގުޅޭ

ސުކޫލުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

2019ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ތިރީގައިވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1-     ހޯލް އިމާރާތުގެ ކަރަންޓް ވައިރިން ބަދަލުކުރުން.

2-     ކުލާސްރޫމްތަކުގެ ފަންކާ ބަދަލުކުރުން.

3-     އޮފީސް އިމާރާތުގެ ފާހާނާ ބަދަލުކުރުން.

4-     ގޭޓް މަރާމާތު ކުރުން.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޑިސެމްބަރ 2018 ވާ އަންގާރަދުވަހުގެ ހެނދުނު 10:00ގައި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޑިސެމްބަރ 2018 ވާ އާދިއްތަދުވަހުގެ ހެނދުނު 10:00ގައި މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނުތަކުގެ ދަށުން ވިޔަފާރި ރަޖިސްޓުރީކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6580358 ފޯނާއި ގުޅުއްވުން އެދެމެވެ.

11 ޑިސެންބަރު 2018
ހޯދާ