އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                       އިޢުލާން

       މި ސްކޫލުގައި 2019 ވަނަ އަހަރަށް ކުރަންޖެހޭ މަރާމާތުތަކުގެ ތެރެއިން ތިރީގައި އެވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  1. ކުލާސް ރޫމްތަކުގެ ޕާޓިޝަން މަރާމާތު ކުރުން
  2. ސްކޫލުގެ މުވައްޒަފުން އަދި ދަރިވަރުން ބޭނުންކުރާ ފާހާނާތައް މަރާމާތުކުރުން
  3. ތިން ކުލާސްރޫމުގެ ކުޑަދޮރުތަކާއި ވައިތަންޑުތައް ބަދަލުކުރުން
  4. ސްކޫލުގެ ކުލާސް ރޫމުތަކާއި އޮފީސް އަދި ވަށާފާރުގެ ކުލަ ބަދަލުކުރުން
  5. ސްކޫލުގެ 4 ގޭޓް މަރާމާތުކުރުން
  6. އޮފީހާއި ލައިބުރަރީގެ ސީލިންގ މަރާމާތުކރުން
  7. އޮފީހާއި ސްޓާފްރޫމްގެ ވައިރިންގ ބަދަލުކުރުން
  8. ކުލާސްރޫމް ތަކުގައި ބޭނުންކުރާ ވައިޓް ބޯޑުތަކުގެ ފޮމިކާ ބަދަލުކުރުން

            ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

2018 ޑިސެމްބަރ 16 ވާ އާދިއްތަ ދުވަހު 11:00 ގައި

2018 ޑިސެމްބަރ 19 ވާ ބުދަ ދުވަހު 11:00 ގައި

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800743  އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

                                            04 ރަބީޢުލް އާޚިރް 1440

11 ޑިސެންބަރު 2018
ހޯދާ