މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
2019 ވަނަ އަހަރަށް ކުރަންޖެހޭ ބައެއް މަރާމާތޫ

          މިސްކޫލްގެ ތިރީގައިވާ މަރާމާތުތަށްކުރުމަށްބޭނުންވެއްޖެއެވެ.

  1. ކުލާސްރޫމް ތަކާއި، ބޭރުފާރުގައި ކުލައާއި ވޯލް ސީލް ލުން
  2. ފައުންޑޭޝަން ދަރިވަރުން ކުޅޭސަރަހައްދު މަރާމާތުކުރުން
  3. ހޯލް އިމާރާތުގެ ކުޑަދޮރުތަކުގެ ތަންޑު ބަދަލުކުރުން
  4. ގޯތިތެރޭގައި ހުރި ފެން އިސްކޫރު ބަދަލުކޮށް ފެން ލައިން މަރާމާތުކުރުން
  5. ފައުންޑޭޝަން ދަރިވަރުންގެ ފާޚާނާތަށި ބަދަލުކޮށް ފެންވައިރު މަރާމާތުކުރުން

     ވީމާ މިމަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 20 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓިއަކާއި ބަދަލުގައި އަންނަމީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑް ކޮޕީއަކާއި، އައިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

     މަޢުލޫމާތު ސާފުކުރުމަށްފަހު 23 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މިމސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު    ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން  ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިސްކޫލުގެ ފޯނު ނަންބަރު 6500535 އަށް ގުޅުއްވުން އެދެމެވެ.

11 ޑިސެންބަރު 2018
ހޯދާ