ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޮންސަލްޓަންސީ (އަންދާސީހިސާބު ހުށައަޅާ ތާރީޚް ބަދަލުވެފައި)

އިޢުލާން

މި ޔުނިވަރސިޓީގެ ނަންބަރު:MNU-CA-PR/2018/01  އިޢުލާނާއި ހަވާލާދީ ދަންނަވަމަވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، ހުޅުމާލޭގައި ކުރިއަށްގެންދާ ދެޓަވަރުގެ މަސައްކަތް ސުޕަވައިޒްކޮށް އިންޖިނިއަރިންގ ކޮންސަލްޓަންސީގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންފުޅުވާ ބޭފުޅުން އަންދާސީހިސާބު ހުށައެޅުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚަކީ 17 ޑިސެމްބަރ 2018 ވާ ހޯމަދުވަހުގެ 12:00 އެވެ. އަންދާސީހިސާބު  ބަލައިގަތުން އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. އަންދާސީހިސާބު ބަލައިގަންނާނީ، އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. މަޢުލޫމާތު ކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން 16 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:30 ވަންދެން ދޫކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3345138 އާގުޅުއްވުން އެދެމެވެ.

10 ޑިސެންބަރު 2018
ހޯދާ