އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ފެންތާނގި ބަރި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލްގެ އޮފީސް ކައިރީގައި މިހާރު ހަދާފައި ހުރި 4 ފެންތާނގީގެ ތާނގީ ބަރި ނަގާ، މި ސްކޫލުން ދޭ ކުރެހުމާ އެއްގޮތައް، ސްކޫލު ގޯތީގެ އިރު ދެކުނު ކަނުގައި އަލުން ފެންތާނގި ބަރި ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)GS80/2018/12 އިޢުލާނާ ގުޅިގެން، ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2018 ޑިސެމްބަރ 11 އިން 2018 ޑިސެމްބަރ 18 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އުލިގަމު ސްކޫލަށް ޙާޟިރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.

މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2018 ޑިސެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 12:45 ގައި އުލިގަމު ސްކޫލުގައެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2018 ޑިސެމްބަރ 25 ވާ އަންގާރަ ދުވަހުގެ 12:45 ގައި އުލިގަމު ސްކޫލުގައެވެ.

މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެޓޭޗުކުރެވިފައި ވާނެއެވެ.

10 ޑިސެންބަރު 2018
ހޯދާ