މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓައުން ހޯލް ބައްދަލުވުމެއް ބޭއްވުން

                                                                                                                                                                                                                                                                                                                                                                                              ނަންބަރު: 20/IUL)425-CB/1/2018)

 

 

 

 

އިޢުލާނު

 

ޓައުން ހޯލް ބައްދަލުވުމެއް ބޭއްވުން

      ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތްވާ ގޮތުގެ މަތިން މާލޭ ސިޓީގައި ސްވިމިންގ ޕޫލެއް އެޅުމާއި، އެކި ސަރަޙައްދުތަކުގައި އައުޓްޑޯރ ޖިމް އިކުއިޕްމަންޓްތައް ބެހެއްޓުމާއި، ކޮންމެ ހަފްތާއަކު ވެސް ވީކެންޑް މަރކެޓެއް ބޭއްވުމަށްޓަކައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވަނީ ރާވައިފައެވެ. އަދި މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ފަރާތުން ވެސް މާލޭ ސިޓީގައި ހުރި ތަރިކައިގެ ލިސްޓެއް އެކުލަވައިލުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިކައުންސިލްގައި ވަނީ އެދިފައެވެ.

މިކަންކަމާއި ގުޅިގެން ރައްޔިތުންނާއި ބައްދަލުކޮށް، މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް 12 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 20:30 ގައި ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މާލޭ ސިޓީގެ އެންމެހާ ރައްޔިތުންނަށް މިބައްދަލުވުމަށް ބައިވެރިވެ ވަޑައިގެންދެއްވުމަށް އެދި ދަޢުވަތު އަރުވަމެވެ.

     

                                              02 ރަބީއުލް އާޚިރު 1440

 

10 ޑިސެންބަރު 2018
ހޯދާ