މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
2018 ޑިސެމްބަރ 25 އިން 26 އަށް "އެޓޯލް ލެވެލް ޑިސެމިނޭޝަން" ގެ ނަމުގައި މާލޭގައި ވޯކްޝޮޕެއް ބޭއްވުމަށްޓަކައި ހޯލް ހިފުމާއި ކޭޓަރިންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

2018  ޑިސެމްބަރ 25 އިން 26 އަށް "އެޓޯލް ލެވެލް ޑިސެމިނޭޝަން" ގެ ނަމުގައި މާލޭގައި ވޯކްޝޮޕެއް ބޭއްވުމަށްޓަކައި ހޯލް ހިފުމާއި ކޭޓަރިންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ : IUL)23- AP/23/2018/230  ނޮވެމްބަރ 28 2018)އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

03 ރަބީއުލްއާޚިރު 1440

 

10 ޑިސެންބަރު 2018
ހޯދާ