ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

މަޤާމު:

ސީނިއަރ ސްކޫލް ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު: 

J-242567, J-292637

ބޭނުންވާ ޢަދަދު:

02

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މަޤާމުގެ ރޭންކް:

އެމް.އެސް 2

މުއްދަތު

13 ޖެނުއަރީ 2019 އިން ފެށިގެން 6 މަސް ދުވަސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޢިމާދުއްދީން ސްކޫލް / ކ. މާލެ

މުސާރަ:

-/6295

ސަރވިސް އެލެވަންސް:

-/2000

 

އެހެނިހެން އެލަވަންސް:

                

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ ތަސައްވަރަށް ވާސިލްވެ ސްކޫލުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރަން މަސައްކަތްކުރުން.
  2. ސްކޫލްގެ މަޤްޞަދުތަކާއި އަމާޒުތަކަށް ވާސިލްވުމަށް މަގުފަހިވާގޮތަށް ފެންނާނެ ބަދަލެއް ދައްކައިދޭ ނަތީޖާއެއް ނެރުމަށް މަސައްކަތްކުރުން.
  3. ތިމާއަށް ޙަވާލުކުރެވޭ މަސައްކަތަށް އަމާޒުތަކަށް އަމާޒުތަކާއި ލަނޑުދަނޑިތައް ކަނޑައަޅައިގެން އެމުއްދަތުގެ ތެރޭގައި އެކަންއެކަން ހާސިލްކުރުން.
  4. ސްކޫލް ސެޝަންއަށް ޙާޟިރުވާންޖެހޭ ގަޑިއަށްއައިސް ސޮއިކުރުމަށްފަހު ވީހާވެސް އަވަހަކަށް ކުލާހަށްދިޔުން.
  5. ކުލާހަށްވަނުމުގެ އައުމުގެކުރިން ރަނގަޅަށް ފިލާވަޅުތަކަށް ތައްޔާރުވުން.
  6. ލެސަން ޕްލޭން ގަވައިދުން ތައްޔާރުކޮށް ލީޑިންގ ޓީޗަރަށް ދިނުން.
  7. އެކުލާހަކަށް އެއަހަރަކަށް ކަނޑައެޅިފައިވާ މުގައްރަރާ އެއްގޮތަށް ކުދިންނަށް އެތަކެތި އުނގަންނައިދިނުމާއި ހާސިލްވާންޖެހޭ މިންވަރު ހާސިލްވާންޖެހޭ ފުންމިނުގައި ހާސިލްވެއްޖެކަން ކަށަވަރުވުން.
  8. ސްކޫލްގެ ސްކީމްތައް ތައްޔާރުކުރުމުގައި ފުރިހަމައަށް ބައިވެރިވުން.
  9. ޓީޗަރުގެ އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރުން.
  10. ކުދިންގެ ފޮތްތައް ޤަވައިދުން މާރކްކުރުން.
  11. ކުދިންގެ އަހްލާގާއި ސްލޫކު އަދި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  12. ލީޑިންގ ޓީޗަރުން އަންގާގޮތުގެމަތިން އިމްތިހާންތަކަށް ތައްޔާރުކުރުމާއި، އިމްތިހާން ބޭއްވުމާއި، ރިޕޯރޓްތައް ތައްޔާރުކޮށް ބެލެހެއްޓުން އަދި ގަވައިދުން ކުދިންނަށް ޓެސްޓް ދިނުމާއި މާކްސް ރެކޯޑް ރަނގަޅަށް ބެލެހެއްޓުން.
  13. ސްކޫލުން ބާއްވާ މީޓިންގ، ކޯޑިނޭޝަން، ޝެއަރިންގ، ޕާރފޯމަންސް އިވެލުއޭޝަން، ޑިސްކަޝަން، ސްޓާފްމީޓީންގފަދަ ބައްދަލުވުންތަކަށް ހާޒިރުވުން އަދި އެބައްދަލުވުންތަކުގައި ބައިވެރިވުން.
  14. ސްކޫލްގައި ކިޔަވައިދިނުމުގެ އިތުރުން ސްކޫލްގައި ހިންގޭ އިތުރު ހަރަކާތްތަކުގައި އެކަށީގެންވާގޮތުގައި ބައިވެރިވެ އަދި ގަޑިއަށް ސަމާލުކަންދިނުން.
  15. ހަވާލުކުރެވިފައިވާ  މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުގުވެރިވުން.
  16. އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ރަހްމަތްތެރިކަމާއި އެކުވެރިކަމުގެ ރޫހު ޤާއިމްކުރުމަށް މަސައްކަތްކޮށް އޮފީހަށް އެންމެ ފައިދާހުރިގޮތެއްގައި ދަތިނުވާގޮތަށް މަސައްކަތް ރާވައިގެން ކުރިއަށް ގެންދިޔުން.
  17. ދިވެހި ސިވިލް ސަރވިސް ޤަވައިދުތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި ސްކޫލްގެ ޤަވައިދުތަކާއި، ޓީޗަރުންނަށް ޚާއްސަކޮށްފައިވާ ޤަވައިދުތަކަށް ހުރުމަތްތެރިކޮށްހިތުން.
  18. މީގެއިތުރުން މަސައްކަތާއި ގުޅުންހުރި އެންމެހާ ކަންތައްތައް ފަރުވާތެރިކަމާއެކުކުރުން.

މަޤާމްގެ ދާއިރާތައް  

  • ހެލްތް ކެއަރ

މަޤާމުގެ ދާއިރާއާއިގުޅޭ

ތަޢުލީމީ ރޮނގުތައް

  • ޕްރައިމަރީ ހެލްތް ކެއަރ  

މަޤާމުގެ ޝަރުޠުތައް:

ޕްރައިމަރީ ހެލްތް ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1.ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިސްކޫލްގެ އޮފީހުން ލިބެންހުންނާނެއެވެ.  

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

  1. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  2. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  20 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ    14.00  ކުރިން، ޢިމާދުއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށް އަދި ފެކްސް ނަންބަރ: 3315766 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަނާއި މުއްދަތު:

. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 23 ޑިސެމްބަރ 2018 އާއި 07 ޖެނުއަރީ 2019 އާއި ދެމެދު ޢިމާދުއްދީން ސްކޫލްގައި އޮންނާނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3315759 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ، [email protected] އަށެވެ.  ފެކްސް މެދުވެރިކޮށްނަމަ 3315766 އަށް ފޮނުއްވުން އެދެމެވެ.

 

01 ރަބީޢުލްއާޚިރާ 1440

08 ޑިސެންބަރު 2018
ހޯދާ