މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ބ.އޭދަފުށިން އޮފީސް ޢިމާރާތެއް ހޯދުން

              މިކުންފުންޏަށް ބ.އޭދަފުށީން ޕޯސްޓް އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ކުރި ADMHR-MPL/2018/188 (25 ނޮވެމްބަރ 2018) ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު އަގު ބޮޑުކަމަށް ފެންނާތީ މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 11 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 15:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ބ.އޭދަފުށީ ޕޯސްޓް  ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 11 ޑިސެމްބަރ 2018 ވަނަ ދުވަހުގެ 15:00ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވިކަމުގައި ވިއަސް ބަލައި ނުގަންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

ޢިމާރާތް ހޯދަން ބޭނުންވާ ރަށް:

 • ބ.އޭދަފުށި

 

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާއި ބެހޭ ތަފްޞީލް ހުށަހެޅުން

 • ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
 • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
 • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން
 • ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
 • ޢިމާރާތުގެ ކުލި ބަޔާން ކުރުން
 • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.

ނޯޓް: ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.

 

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް

 

 • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
 • ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން.
 • ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
 •  ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
 • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް  ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
 •  ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން).

 

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

 

 • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން

 

މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

 • އަގު: %50
 • ކުއްޔަށްދޭ މުއްދަތު:%20
 • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
06 ޑިސެންބަރު 2018
ހޯދާ