ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހދ.ހިރިމަރަދޫ އަދި ހދ.ފިނޭގައި އެސްޓީއޯ ފާމަސީއެއް (ޕްރީފެބްރިކޭޓެޑް ފާމަސީއެއް) އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން 60އޭޑީއެމް/286/2018 ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2018 ޑިސެމްބަރ 12 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން  އެސްޓީއޯ ކުޅުދުއްފުށި ފާމަސީ ނުވަތަ އެސްޓީއޯ ހިރިމަރަދޫ ފާމަސީ ނުވަތަ އެސްޓީއޯ ފިނޭ ފާމަސީއަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއބީލަންކަރުދާސް ދޫކުރުން:     ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ޑިސެމްބަރ 12 ވާ ބުދަ ދުވަސް  ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ޑިސެމްބަރ 13 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ތިރީގައިވާ އެސްޓީއޯ އައުޓްލެޓް ތަކުގައި އޮންނާނެއެވެ.

ހދ.ކުޅުދުއްފުށި ފާމަސީ،

ހދ.ފިނޭ ފާމަސީ،     

ހދ.ހިރިމަރަދޫ ފާމަސީ،  

ސުވާލާއި ޖަވާބު:ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 ޑިސެމްބަރ 16 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ޑިސެމްބަރ 17 ވާ ހޯމަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި ހދ.ކުޅުދުއްފުށީ ފާމަސީގައެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށާއި،  މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަދި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344180 / 3344321

ފެކުސް: 3344633

އީމެއިލް: [email protected]

06 ޑިސެންބަރު 2018
ހޯދާ