މަތިވެރި ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުން

އިޢުލާނު 

2019 ވަނަ އަހަރު ސްކޫލުގެސެކިއުރިޓީބަލަހައްޓައިދޭނެފަރާތެއްހޯދުން

2019 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެގެން ކުރެވުނު ނަންބަރު (IUL)GS-152-A/PRIV/2018/9 (13 ނޮވެންބަރު 2018) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާޠިލް ކޮށް 3 ވަނަ އެފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 ޑިސެންބަރު 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 20 ޑިސެންބަރު 2018 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ، މިކަމުގެމަޢުލޫމާތު އެކުލެވޭގޮތަށް މިސްކޫލުން ތައްޔާރުކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ. މިދެންނެވި ފޯމު މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް މަޢުލޫމާތު ސާފުކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެންނެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަން ވާނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ރަބީޢުލްއައްވަލް 1440

06 ޑިސެންބަރު 2018

06 ޑިސެންބަރު 2018
ހޯދާ