ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2019 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިސްކޫލުން ކުރި ނަންބަރު (IUL)RS/1/2018/92 އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރައްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 12 ވާ ބުދަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޑިސެމްބަރ 16 ވާ އާދީއްތަ ދުވަހު 11:00 އަށް މިސްކޫލަށްދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއެކު ބީލަންފޮތް އެޓޭޗް ކުރެވިފައިވާނެއެވެ.

    މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

06 ޑިސެންބަރު 2018
ހޯދާ