މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ

އިޢުލާން

ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ

މިކައުންސިލްގެ ނަމްބަރު (IUL)308/2018/34 (24 އޮކްޓޯބަރ 2018) އިޢުލާނުގައި ބަޔާންކޮށްފައިވާ N-6 ނަމްބަރު ބިމަށް އެކަށީގެންވާ އަދަދަކަށް ބީލަން ހުށަހެޅިފައިނުވާތީ އެބިން ކުއްޔަށް ދޫކުރުމަށް އަލުން އިޢުލާން ކުރަމެވެ. ކުއްޔަށް ދޫކުރާ ބިމުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

#

ބްލޮކް ނަމްބަރ

ބިން އޮތް ސަރަޙައްދު

ބިމުގައި ކުރަން ކަނޑައަޅާ މަސައްކަތް

ކުއްޔަށް ދޭ މުއްދަތު

1

N-6

ބަނދަރުގެ ހުޅަނގުން

ތެލާއި ގޭހުގެ ވިޔަފާރި އާއި މަސްކައްކާ ހިއްކުމާއި ގެރިބަކަރި އާއި ކުކުޅުހާ ގެންގުޅުން ފިޔަވާ އެހެން އިމްޕޯޓްމުދާ ވިއްކުމުގެ ވިޔަފާރިކުރުން

10 އަހަރު

ބީލަން ފޮތް ވިއްކުން ކުރިއަށްދާނީ 2018 ޑިސެމްބަރ 06 ވަނަ ދުވަހުން ފެށިގެން 2018 ޑިސެމްބަރ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަން ފޮތެއްގެ އަގަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ.

ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 16 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޑިސެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބީލަން ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކޮށް ބީލަން ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މިހާރު މިރަށުން ކުލީ ބިމެއް ނަގާފައިވާ އެއްވެސް ފަރާތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. އަދި ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ގެންނަވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

06 ޑިސެންބަރު 2018
ހޯދާ