ދާންދޫ ސްކޫލް
ދިވެހިރާއްޖެ
ދާންދޫ ސުކޫލް ގެ 2019 ވައަހަރުގެ ސެކިއުރިޓީ ބެލެހެޓުން

މި އިޢުލާންވަނީ 06 ޑިސެންބަރު 2018 11:19 ގައި ބާތިލް ކުރެވިފައެވެ.


1c

 

 

 

       
     
 
   

 

 

 


ތާރީޚް:15 ނޮވެމްބަރ 2018                                          ނަންބަރު:GS-199/IUL- 2018/27

ދާންދޫ ސުކޫލް ގެ 2019 ވައަހަރުގެ ސެކިއުރިޓީ ބެލެހެޓުމާއިގުޅޭ

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިސުކޫލްގެ  GS-199/IUL- 2018/25  ނަމްބަރ އިއުލާނާއި ގުޅިގެން ދެވުނު މައުލޫމާތު ޝީޓްތަކުގައި މައްސަލަތަކެއް އުޅޭކަމަށް ފާހަގަ ކުރެވިފައިވާތީ އެއިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.

2019 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

        ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

13 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހު 10:00

20 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހު 10:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ދެންވިފައިވާ ގަޑީގެ ކުރިންނާއި ފަހުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

6 ޑިސެމްބަރ 2018

 

-އިދާރާ-

06 ޑިސެންބަރު 2018
ހޯދާ